ސިލިކާ ޕެކެޓްތަކެއް: މިއީ ފައިވާން ބޫޓު އަދި އަތްދަބަސް ފަދަ ތަކެތީގެ ޕެކިންގތެރޭއަޅާފައި ހުންނަ އެއްޗެކެވެ.
ސިލިކާ ޕެކެޓްތަކެއް: މިއީ ފައިވާން ބޫޓު އަދި އަތްދަބަސް ފަދަ ތަކެތީގެ ޕެކިންގތެރޭއަޅާފައި ހުންނަ އެއްޗެކެވެ.
ފައިވާނާއި ބޫޓާއި އަތްދަބަސްފަދަ ތަކެތި ގަންނައިރު އެތަކެތީގެ ތެރޭގައި ސިލިކާ ލިޔެފައިވާ ކުޑަ ޕެކެޓެއް އަޅާފައިވާނެއެވެ. މިއީ ވިހައެއްކަން އެންމެންވެސް ދަނެއެވެ. އެހެންކަމުންގަތްއެތި ނެގުމަށްފަހު ސިލިކާ ޕެކެޓު އުކާލައެވެ. އެހެންނަމަވެސް ސިލިކާ ޕެކެޓަކީ ގޭތެރޭގައި ބޭނުން ހިފިދާނެ މުހިންމު އެއްޗެކެވެ.

ސިލިކާ ޕެކެޓުން ހިފިދާނެ ބައެއް ބޭނުންތައް ތިރީގައި ލިސްޓުކޮށްލާނަމެވެ.

1. މުހިންމު ލިޔެކިޔުންތަކުގައި 'މޮއިސްޗަރ' ނޫފެދޭނެހެން ރައްކާކުރުން:

ގިނަދުވަހު އެއްތަނެއްގައި ކަރުދާސްތައް ހުރުމުން ދެގަނޑުދޭތެރޭގައި 'މޮއިސްޗަރ' އުފެދެން މެދުވެރިވެ ބައެއްފަހަރު މުހިންމު ލިޔެކިޔުންތައް ހަލާކުވެދެއެވެ. އެހެންކަމުން މުހިންމު ލިޔުންތައް ބަންދުކުރެވޭ ޕްލާސްޓިކް ކޮތަޅަކަށްލައި ސިލިކާ ޕެކެޓެއް އެއަށް ލުމުން ވައިގެތެރޭގައި ހުންނަ ތެއްކަން އެއަށް ދަމައިގަންނާނެއެވެ. އެއާއެކު ލިޔުންތައް ތެތްވުމުން ރައްކާތެރިކޮށްދެއެވެ.

2. އިލެކްޓްރޮނިކް ތަކެތި ހަލާކުވުމުން ރައްކާތެރިކުރުން:

ފޯނު ކޭސް، ކެމެރާ ދަބަސް އަދި މިނޫނަސް އިލެކްޓްރޯނިކް އާލާތްތައް ގެންގުޅޭ ބޭގަށް ސިލިކާ ޕެކެޓެއް ލާފައި ބޭއްވުމުން 'ހިއުމިޑިޓީ' ނުވަތަ ވައިގެ ތެތްކަމުގެ ސަބަބުން އެތަކެތި ހަލާކުވުމުން ސަލާމަތްކޮށްދޭނެއެވެ.3. ލެދަރ ތަކެތި އަވަހަށް ހަލާކުވުމުން ރައްކާތެރިކޮށްދިނުން:

ލެދަރ ބޫޓާއި ޖެކެޓާއި ޕާރސްފަދަ ތަކެތީގައި ފެންހެދުމުން އެތަކެތީގައި ފަންގަސް އަޅައި ހަލާކުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ތެތްކަން އެއަށް ދަމާ ސިލިކާ ޕެކެޓެއް މިތަކެތި ރައްކާކުރާއިރު މިތަކެތީގެ ތެރޭގައި ބޭއްވުމުން ތެތްކަން ނައްތާލާނެއެވެ. އަދި ފަންގަސް އެޅުމުން ސަލާމަތްކޮށްދޭނެއެވެ.

4. ފޮޓޯތައް ރައްކާކުރުން:

ޕްރިންޓުކޮށްފައިވާ ފޮޓޯތައް 'މޮއިސްޗަރ' ގެ ސަބަބުން ހަލާކުވެ ނުދިނުމަށްޓަކައި އަލްބަމްއަށް ނުވަތަ ކޮންޓެއިނަރ ތަކުގައި ބެހެއްޓުމުން ފޮޓޯތައް ގިނަދުވަހަށް ހަލާކުނުވެ ގެންގުޅެވޭނެއެވެ.

5. ގިނަދުވަހަށް ރައްކާކުރަންބޭނުންވާ މުޑުވައް/އޮށް ރައްކާކުރުން:

ފަހުން އިންދުމަށް ރައްކާކުރަން ބޭނުންވާ މުޑުވައް ފަންގަސް އެޅުމުން ސަލާމަތްކޮށް ދިނުމަށް ޕްލާސްޓިކް ކޮތަޅަށް އަޅައި ސިލިކާ ޕެކެޓެއް އެއަށް ލުމުން ބޭނުންވާ ވަގުތުގައި ނެގުމަށް މުޑުވައް ރައްކާކުރެވޭނެއެވެ.

6. ނުބައި ވަސްފިލުވުން:

ކަބަޑުތަކާއި އަލަމާރިފަދަ އަބަދުވެސް ބަންދުވެފައި ހުންނަ ތަންތަނުގައި ބައެއްފަހަރު ނުބައި ވަހެއް އުފެދުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ވައި ތަޣައްޔަރުވެފައި ހުންނަ މިފަދަ ތަންތަނުގައި ސިލިކާ ޕެކެޓު ބެހެއްޓުމުން ވައިގައި ހުންނަ ތެތްކަން އެއަށް ދަމައެވެ. އެހެންކަމުން ނުވައި ވަސްދުވުންވެސް ކޮންޓްރޯލްވެގެންދާނެއެވެ.

7. ގަހަނާ ހަލާކުވުމުން ސަލާމަތްކޮށްދިނުން:

ގަހަނާ އަޅާ ފޮށީގެ ތެރެއަށް ސިލިކާ ޕެކެޓެއް ލުމުން ދަގަނޑުން ހަދާފައިވާ ގަހަނާގައި ދަބަރު ޖަހައި ހަލާކުވުމުން އެތަކެތި ރައްކާތެރިކޮށްދެއެވެ.

8. ފޯނަށް ފެންއެޅުމުން ހިއްކައިދިނުން:

ފޯނަށް ފެންއެޅިއްޖެނަމަ ދެތިން ސިލިކާޕެކެޓާއިއެކު ބަންދުކުރެވޭ ޕްލާސްޓިކް ކޮތަޅަކަށް ފޯނު ލުމުން، ފޯނުފައި ހުރިފެން އެޕެކެޓަށް ދަމާނެއެވެ. އެހެންކަމުން ފޯނު އަވަހަށް ހިކިގެންދާނެއެވެ.

މިކަންކަމުގައި ސިލިކާ ޕެކެޓު ބޭނުންކުރުމުން ފަސޭހަތަކެއް ލިބިގެންދާނެއެވެ. ނަމަވެސް މިޕެކެޓު ބޭނުންކުރުމުގައި ރައްކާތެރިވާންވާނެއެވެ. މިއީ ގޭގައި ގެންގުޅޭ އޮޅު ޖަނަވާރުންނާއި އަދި ތުއްތުކުދިން ވަރަށް ފަސޭހައިން އަނގަޔަށްލާފާނެ އެއްޗެކެވެ. އެހެންކަމުން އެކުދިންނާއި ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ނުނެގޭފަދަ ގޮތަކަށް މިތަކެތި ބޭނުންކުރުމަށް ސަމާލުވާންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޞޮކި

23-Mar-2023

ތި ހުރިހާ ކަމަކަށް ވުރެ އަހަރެމެންނައް މުހިންމީ ކުޑަކުއްޖަކު ތި ނުކާނެ ގޮތަކަށް ހުރުން. އެހެން ވީމަ އެންމެ ރަނގަޅީ ހަމަ އުކާލުން..


-4

އަންތަރީސް

20-Mar-2023

މަމެން ގޯތި އައިސް އަލަމާރި ހަލާކުވެއްޖެ, ސިކިލޯން ބޭނުން ކޮށްގެން އޭގަ ހުރި ބަރަބޯ ކޮޅު ސަލާމަތް ކުރެވިދާނެތަ...ޓްރެންޑިން