ބްރޯޑްކާސްޓްކުރުމަށް އޮންނަ ހަމަތަކުގެ ތެރެއިން، ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެެވެ.

ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި، އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ "އެކްރެޑިޓޭޝަން ކާޑް" އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށްވެސް އެ ކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.

މީގެއިތުރުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، އަދި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބަޔާނުގައި ބާރު އަޅާފައިވެއެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަޔާނުގައި ހަމަހަމަ، ނޫސްވެރިކަމެއް ކުރުމުގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން