ވާވޭގެ ބައެއް އުފެއްދުންތައް
ވާވޭގެ ބައެއް އުފެއްދުންތައް
ވާވޭގެ އުފެއްދުންތަކާއި އެކުންފުނީގެ 5 ޖީގެ ޚިދުމަތް މަނާކުރުމުން އިނގިރޭސި ވިލާތުގައި ޗައިނާއަށް އޮންނަ އިތުބާރު ގެއްލޭނެކަމަށް ޗައިނާގެ ސަފީރު ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސަފީރު ލިއު ޒިއައުމިންގް، ވިދާޅުވެފައިވަނީ ޗައިނާއަކީ ދުޝްމިނަކަށް ހެދުމަކުން ލިބޭނެ ކުރިމަގެއްނެތް ކަމުގައެވެ. މީގެއިތހުރުން ލިއު ވިދާޅުވެފައިވަނީ ވާވޭގެ އުފެއްދުންތަށް މަނާ ކުރުމުން އިނގިރޭސި ވިލާތާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެކަމަށެވެ.

އެހެންވީމާ ވާވޭގެ އުފެއްދުންތައް އިނގިރޭސި ވިލާތުގައި މަނާ ކުރުމާމެދު ގޮތް ނިންމުމުގެ ކުރިން އިތުރަށް ވިސްނެވުމަށް ސަފީރު ވަނީ އިނގިރޭސި ބޮޑުވަޒީރަށް ގިވާލައްވާފައެވެ.

މީގެކުރިން އިނގިރޭސި ވިލާތުން ނިންމާފައިވަނީ ވާވޭގެ އުފެއްދުންތައް އެގައުމަށް އެތެރެކުރުމުގައި ކޮންޓްރޯލެއް ގެންގުޅުމަށެވެ. ނަމަވެސް މިހާރުވަނީ އެނިންމުން ބަދަލުކޮށް، ވާވޭގެ އުފެއްދުންތައް އެއްވެސް ގޮތަކަށް އެގައުމަށް އެރެތެނުކުރުމަށް ނިންމާފައެވެ.

ވާވޭގެ އުފެއްދުންތައް ދުނިޔޭގެ 170 ގައުމެއްގައި މިހާރުވެސް ބޭނުންކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން