މިފަހަކަށް އައިސް ވަޒީފާގެ ބާޒާރުގައި ޑިގްރީ ފެންވަރަށް ކިޔަވައިގެންވެސް، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަކީ ނުހަނު ދަތި ކަމެކެވެ. އަދި ދުނިޔޭގެ އާބާދީ ބޮޑު ގައުމުތަކުގައި ކިތަންމެ މައްޗަށް ތައުލީމު ހާސިލުކުރިޔަސް، މުސާރަ ބޮޑު ވަޒީފާއެއް ހޯދުމަކީ ހާސިލުކުރަން އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް، އިންޑިއާގެ ޒުވާން ދަރިވަރެއް ކަމުގައިވާ އަނޫރާގް މަކާޑޭ ވަނީ މި އުނދަގޫ ހުވަފެން ހަގީގަތަކަށް ހަދާފައިއެވެ.
އެގޮތުން، އަނޫރާގްއަށް 1.25 ކްރޯޑް ރުޕީސްގެ މުސާރަ ޕެކޭޖެއް ލިބުނީވެސް ދުނިޔޭގެ އެންމެ ގަދަ 10 ގައި ހިމެނޭ އެމެރިކާގެ އެމޭޒަން ކުންފުނިންނެވެ.
އަނޫރާގްއަކީ އިންޑިއާގެ އެންމެ އާދައިގެ އިންޖިނިއަރިންގ ކޮލެޖަކުން ތައުލީމު ހާސިލުކުރި ދަރިވަރެކެވެ. އެހެންނަމަވެސް އެމޭޒަންގައި އޭނާ އަދާކުރާ ވަޒީފާއަކީ ޢާންމުގޮތެއްގައި ބޮޑެތި ކޮލެޖްތަކުން ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ނޫނީ ނުލިބޭ ވަޒީފާއެކެވެ.
ސޮފްޓްވެއަރ އިންޖިނިއަރެއްގެ ގޮތުގައި ބެންގަލޫރުގެ ކުންފުންޏެއްގައި މީގެކުރިން މަސައްކަތްކޮށްފައިވާ އަނޫރާގު އެމޭޒަންގެ ފްރަންޓްއެންޑް އިންޖިނިއަރަކަށް ވީ ވާހަކަ އޭނާ ހާމަކުރީ އޭނާގެ ލިންކްއިންޑް އެކައުންޓްގައެވެ.
އަނޫރާގު މިވަޒީފާގެ ވާހަކަ ހާމަކުރުމާއެކު އޭނާގެ މިޚަބަރު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ނޫސްތަކުން ޖާހަގަ ހޯދިއިރު އޭގެތެރޭގައި ދުނިޔޭ ނަން މަޝްހޫރު ބޮޑެތި ނޫސްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު