އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނިޕާ ވައިރަސްގެ ބިރުވެރިކަމާއި ގުޅިގެން އެ ކެރެލާ ސްޓޭޓްގެ ސްކޫލުތައް ބަންދުކޮށްފިއެވެ.

މި ވައިރަސްއަށް މިހާތަނަށް 5 މީޙުން ފައްސިވެފައިވާއިރު، މި ހަފްތާ ތެރޭގައި 2 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

ސަރުކާރުން މިހާރު ދަނީ ބައްޔަށް ފައްސިވި މީޙުންގެ ކޮންޓެކްޓުން ޓްރޭސްކުރުމަށްފަހު އެމީހުން ކަަަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި 950 މީހުން ހިމެނޭ ކަމަށް ކަމާއިބެހޭ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި ސިއްހީ މަސައްކަތްތެރިން ދަނީ ބައްޔަށް ފައްސިވީ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންނެވެ.

ނިޕާ ވައިރަސް ޖެހުމުގެ ފުރުޞަތު ބޮޑުވަނީ ތަޣައްޔަރުވެފައިވާ ކާނާގެ އިތުރަށް ވައިރަސްގެ އަސަރު ކޮށްފައިވާ ޖަނަވާރުންގެ ޒަރީޔާއިންނެވެ. މި ވައިރަސްއަކީ އިންސާނާގެ ސިކުނޑިއަށް ގެއްލުންދޭ ނުރައްކާތެރި ބައްޔެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން