ޑޭޓާ އެނަލިސްޓެއް ވަޒީފާގެ މާހައުލުގައި: ޑޭޓާ އެނަލިސްޓުންނާއި ޑޭޓާ ސައިންޓިސްޓުން ކުރިއަށް އޮތްތަނުގައި އެންމެ ޑިމާންޑް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ވަޒީފާ
ޑޭޓާ އެނަލިސްޓެއް ވަޒީފާގެ މާހައުލުގައި: ޑޭޓާ އެނަލިސްޓުންނާއި ޑޭޓާ ސައިންޓިސްޓުން ކުރިއަށް އޮތްތަނުގައި އެންމެ ޑިމާންޑް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ވަޒީފާ
ވަޒީފާގެ މައިދާނަށް އެކިއެކި ބަދަލުތައް އަންނަމުންދދާ މިދަނޑިވަޅުގއި ކުރިއާލައި، މުސްތަޤުބަލަށް ވިސްނާލައި ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް ކިޔަވާކުދިން އެކުދިން ކިޔެވުމަށް އިސްކަންދޭ ދާއިރާތައް ކަނޑައެޅުމުގައި މުސްތަޤުބަލުގައި ވަޒީފާގެ މާހައުލަށް އަންނާނެ ބަދަލުތަކާއިމެދު ވިސްނުމަށްފަހު ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމަކީ މުހިންމު ކަމެކެވެ.

ތިރިގައިމިވަނީ ވަޒީފާގެ މާހައުލު އެނަލައިޒްކުރާ މާހިރުން ކުރިއަށްއޮތް 5 އަހަރުގައި އެންމެ ބޭނުންތެރިވާނެ ކަމަށް ލަފާކުރާ 7 ވަޒީފާގެ މައުލޫމާތެވެ.

ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވާނެ ކަމަށް ބެލެވޭ 7 ވަޒީފާ

1. ޑޭޓާ އެނަލިސްޓުންނާއި ޑޭޓާ ސައިންޓިސްޓުން:ހުރިހާ ވިޔަފާރިތަކުގައާއި ކުންފުނި އަދި ޖަމިއްޔާ ޖަމާއަތްތަކުގައިވެސް، މައުލޫމާތު އެއްކޮށް ސާވޭކޮށްގެން އެމައުލޫމާތުތަކަށް ބިނާކޮށް މުހިންމު ނިންމުންތައް ނިންމުމަށް އިސްކަންދޭވެއެވެ. އެހެންކަމުން މިކަމަށް ޚާއްސަވާ އެނަލިސްޓުންނާއި ސައިންޓިސްޓުންގެ ވަޒީފާއަކީ ކުރިއަށް އޮތް 5 އަހަރުގައި ޑިމާންޑް ބޮޑުވާނެ ވަޒީފާތަކެކެވެ.

2. ސޮފްޓްވެއަރ ޑިވެލޮޕަރ:ޓެކްނޮލޮޖީއާއި ގުޅުންހުރި އެންމެހާ ވިޔަފާރިތައް މިހާރު މިދަނީ އެންމެ ހަލުވި ސްޕީޑުގައި ކުރިއަރަމުންނެވެ. ސަބަބަކީ މިއީ ޓެކްނޮލޮޖީގެ ޒަމާނަށް ވުމުން ހުރިހާ ކަމެއްހެން އޮޓޮމޭޓް ކުރުން ބޭނުންވާތީއެވެ. އެހެންކަމުން ތަފާތު އިޖާދުތައް އުފެއްދުމަށާއި އެކިއެކި ކުދިބޮޑު ކަންކަމުގެ ހައްލު ޓެކްނޮލޮޖީމެދުވެރިކޮށް ހޯދުމަށް ޓެކްއާއި ގުޅުންހުރި ވަޒީފާތަކަށް އޮންނަ ޑިމާންޑް ބޮޑެވެ. އަދި ކުރިއަށް އޮތް 5 އަހަރުގައި އެންމެ ބޮޑު މުސާރަދެވޭ އެއްބަޔަކަށްވާނީ ސޮފްޓްވެއަރ ޑިވަލޮޕާއިންނެވެ.

3. ޞިއްޙީދާއިރާގެ ވަޒީފާތައް:ނަރުހުންނާއި ޑޮކްޓަރުން އަދި ޞިއްހީދާއިރާގައި ހަރކާތްތެރިވާ އެހެނިހެން މީހުންނަށް އޮންނަ ޑިމާންޑް ދުވަހަކަށްފަހު ދުވަހެއް އަންނީ އިތުރުވަމުންނެވެ. ވަޒީފާއިން ރިޓަޔަވެފައިތިބޭ މުސްކުޅި އުމުރުފުރާގެ މީހުންނާއި އަދި އެކިއެކި ދާއިމީ ބަލިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާ މީހުން ގިނަވަމުންދާވަރަކަށް މިދާއިރާއަށް ބޭނުންވާ އެކިއެކި ވަޒީފާތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެއެވެ.

4. ސައިބަރ ސެކިއުރިޓީ މާހިރުން:ސައިބަރ ކްރައިމްސް ނުވަތަ ޓެކޮނޮލޮޖީ ބޭނުންކޮށްގެން ކުރާ ކުށްތައް ގިނަވެފައިވާ މިޒަމާނުގައި އެންމެހާ ވިޔަފާރިތަކާއި ޖަމިއްޔާތަކުން އެމީހުންގެ ވިޔަފާރި ސިއްރުތަކާއި ފައިސާއަދި މުދާ ރައްކާކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެއެވެ. އެހެންކަމުން ސައިބަރ އެޓޭކްތަކުން ކުންފުންޏާއި ޖަމިއްޔާތައް ރައްކާތެރިކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީ މާހިރުންގެ ބޭނުން ކުރިއަށް އޮތް 5 އަހަރުތެރޭގައި ބޮޑުވާނެއެވެ.

5. މާލީ ލަފާދޭ މާހިރުންމިއީ ވިޔަފާރިތަކާއި އަދި އާއްމުންވެސް އެމީހުންގެ އެސެޓްތަކާއި ފައިސާ އަދި އިންވެސްޓްމެންޓްސް މެނޭޖުކުރުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ކިޔައިދީ ލަފާދޭ މިކަމުގެ މާހިރުންނެވެ. ފައިސާއާއި ގުޅޭ އެކިއެކި ކަންކަމަށް ޚާއްސަކޮށް އިންވެސްޓްމަންޓްތަކަށް މީހުންގެ ލޯ ހުޅުވިފައިވާ މިޒަމާނުގައި މިފަދަ މާހިރުންގެ ބޭނުން ކުރިއަށް އޮތް 5 އަހަރުދުވަހުގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.

6. ސޯލާ ހަކަތައިގެ މަސައްކަތުގެ ޓެކްނިޝަނުން:ތިމާވެއްޓަށް އެންމެ ރައްކާތެރި ގޮތުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ އެންމެހާ ގޮތްތައް ހޯދައި ވިޔަފާރިތައް އަދި އަމިއްލަ މީހުންވެސް އެފަދަ ކަންކަމަށް ލޯހުޅުވެމުން އަންނަ މިޒަމާނުގައި މިމަސައްކަތްކުރާ ޓެކްނިޝަނުންގެ ޑިމާންޑް ބޮޑެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް އިތުރަށް ފުޅާވަމުންދާނެކަމަށް ލަފާކުރެވޭތީ މިވަޒީފާގެ ޑިމާންޑް މައްޗަށް ދާނެކަމަށް ބެލެވެއެވެ.

7. ޑިޖިޓަލް މާކެޓިންގެ މާހިރުން:ވިޔަފާރިތަކުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުޅިދުނިޔެއަށް އެމީހުންގެ މުދާތައް ވިއްކަމުން އަންނަ މިޒަމާނުގައި ކުރިއަށް އޮތް 5 އަހަރު ލަފާކުރެވެނީ މިމަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އެހެންކަމުން މިޕްލެޓްފޯމްތަކުގައި ތަކެތި ވިއްކުމަށް އެންމެ އެކަށޭނަ ސްޓްރެޓެޖީސް ތައްޔާރުކުރުމާއި އެންމެ ފައިދާހުރި ގޮތަކަށް މުދާ މާކެޓްކުރުމަށް ޑިޖިޓަލް މާކެޓިންގެ މާހިރުން ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން