އެކްސް ނުވަތަ ކުރީގެ ޓްވިޓާ ބޭނުންކުރާ މީހުންގެ އަތުން ކުރިއަށް އޮތް ތަނުގައި މަހު ފީއެއް ނަގަން ގަސްތުކުރާ ކަމަށް އީލަން މަސްކް ބުނެފިއެވެ.
އެކްސްގެ ވެރިޔާ އީލާން ބުނާ ގޮތުންނަމަ އޭނާ އެގޮތަށް ހަދަން ގަސްދުކުރަނީ 'ބޮޓް' ނުވަތަ ފޭކް އައިޑީތައް ބޭނުންކުރާ މީހުންނަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އޭނާ މިކަމަށް އަލިއަޅުވަމާލާފައިވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ބައްދަލު ކުރަށްވައި ދެކެވުނު ވާހަކަތަކުގެ ތެރޭގައެވެ. އެހެން ނަަމަވެސް، ރަސްމީ ސިފައެއްގައި މިކަން ޢާންމުކޮށް އިއުލާންކޮށްފައިނުވާތީ މި ވާޙަކައަކީ ހައްސާސްކޮށް ދެއްކި ވާހަކައެއް ކަމާމެދު ބޭރުގެ ނޫސްވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.
"ބޮޓުންނަށް ކުޑަކުޑަ ފައިސާކޮޅެއް ދައްކަން ޖެހުނަސް، އެ ވާނީ ވަރަށް ބޮޑު އެއްޗަކަށް" މަސްކް ބުނެފައި ވެއެވެ.
ސްޕޭސް އެކްސް އަދި ޓެސްލާގެވެސް ބޮޑު ކޮންޓްރޯލެއް އޮންނަ ބިލިޔަނަރު މަސްކް ވަނީ މީގެ ކުރިންވެސް އެ މައްސަލައިގެ ހައްލަކީ ވެރިފިކޭޝަންއަށް ފައިސާ ދެއްކުން ކަމުގައި ބުނެފައެވެ. އެއަށްފަހު، ޓްވިޓާގައި ގިނަ ޚިދުމަތްތައް މިހާރު ބޭނުން ކުރެވެނީ އެކި ފަންތީގެ އެކައުންޓްތައް ވެރިފައި ކުރުމަށް ފައިސާ ދައްކައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު