އަހުމަދު މަސްނޫމް   19 ސެޕްޓެމްބަރު 2023 - 23:16
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 5 ފަރާތަކަށް އެހީތެރިކަން ދޭން ނިންމައި، އެކަމާއި ގުޅޭ ލިޔުން ހަވާލުކުރައްވައިފިއެވެ.

ބޯން މެރޯ ހަދަން ފޮނުވާ 5 މީހުންނާއި ލިޔުން ހަވާލުކުރީ އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރުއެވެ.



ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ.

މީގެކުރިންވެސް ވަނީ ތެލަސީމިއާ ބަލިމީހުން, ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަނޑުގެ އެހީގައި ފޮނުވާފައިވެއެވެ. 2018 ވަނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށް 55 ކުދިންނަށް ވަނީ ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފައެވެ.

ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން