އޮސްޓްރޭލިއާގެ ފިރިހެނަކު އޮޅުކޮށްގެން ގެންގުޅޭ ޕެޓް ހަރުފައެއް ގޮވައިގެން ރާޅާ އަޅަން ދިއުމުން އޮސްޓްރޭލިއާގެ ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ އޮފިޝަލަކު އޭނާ ޖޫރިމަނާކޮށްފިއެވެ.
ހީގޯ ފިއުޒާ ބުނީ އޭނާގެ ޕެޓް ހަރުފަ، 'ޝިވާ'އަކީ ކަނޑުމައްޗަށް ލޯބި ޖެހިފައިވާ އެއްޗެއްކަމުން އޭތި ގޮވައިގެން މޫދަށް ރާޅާ އަޅަން ދިއުމުން އޮފިޝަލަކު އޭނާ ހުއްޓުވިކަމަށެވެ.
މޮރެލިއާ ބްރެޑްލީ ޕައިތަން އެއް ގޮވައިގެން ޕެޑަލްބޯޑްއެއްގައި ރާޅާ އަޅަން ދިޔަ މި މީހާގެ ވީޑިއޯ މީސްމީޑިއާގައި ވަރަށް މަޝްހޫރުވެގެން ދިޔައެވެ. މި ވީޑިއޯ އޮސްޓްރޭލިއާގެ ވައިލްޑްލައިފް ޑިޕާޓްމަންޓަށް ފެނުމުން އެ ޑިޕާޓްމަންޓުން ވަނީ ހަރުފައަށް އަނިޔާއެއް ލިބިދާނެތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ހަރުފަ އަކީ ކޯލްޑް ބްލަޑެޑް ޖަނަވާރުތަކެއްކަން ފާހަގަ ކުރެވޭ، ފަތަން އެނގުނަސް އެ ބާވަތުގެ ރެޕްޓައިލްސް އާންމުކޮށް ފެނާއި ދުރުހެލި. އެހެންކަމުން ހަރުފައަށް ފެނު ތެރޭގައި އުޅެން ފިނިވެ އުނދަގޫވާނެ އަދި ކަނޑުގައި ހުންނަން ޖެހޭ ހަމައެކަނި ހަރުފަތަކަކީ ސީ ސްނޭކްސް އެކަނި." އެ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
އަދި ހަމައެއާއިއެކު، ހީގޯއަށް ހަރުފަ ގޮވައިގެން އާންމުން އުޅޭ ތަންތަަނަށް ގެންދިއުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.
އޮސްޓްރޭލިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހީގޯ ބުނީ އޭނާ 2000 އޮސްޓްރޭލިޢާ ޑޮލަރުން ޖޫރިމަނާ ކުރި ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހީގޯ މި ހަރުފައާއިއެކީގައި 10 ފަހަރު މޫދަށް ގޮސްފަވެއެވެ.
ހީގޯ ބުނީ ހަރުފަ މޫދަށް ގެންދިއުމުން އުފާވާކަން އޭނާއަށް ބެލެވެނީ ރާޅާ އަޅަން ދާއިރު ދުވަހަކުވެސް އަޑު ނުލައްވާތީ ކަމަށެވެ. އޭނާ ބުނީ ޝިވާ ރުޅި އަންނަ ގަޑީގައި އާންމުކޮށް އަޑު ލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު