މަރުގެ އިންޒާރެއް ލިބުމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހް ރުކް ޚާންގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

މިހާރު ވައި ޕްލަސް ސެކިއުރިޓީ ކެޓަގަރީގެ ދަށުން އޭނާގެ ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަން 11 ފުލުހުން ހަރަކާތްތެރިވާނެއެވެ. ވައި ޕްލަސްގެ ސެކިއުރިޓީ ދަރަޖައަކީ މަހާރަސްތްރާގައި 4 ވަނައަށް ދެވޭ އެންމެ ވަރުގަދަ ސެކިއުރިޓީ ލެވެލްއެވެ.



ޝާހުއަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރަމުން ދަނިކޮށެވެ. ޝާހުގެ ފިލްމު "ޕަތާން" ރިލީޒްވިފަހުން މީހަކު ވަނީ އޭނާއަށް އެކިފަހަރު މަތިން ގުޅައި މަރުގެ އިންޒާރުދީފައެވެ.

ޝާހުއަށް މީގެ ކުރިންވެސް އަންޑާވޯލްޑްގެ ގޭންގްތަކުން ބިރު ދައްކާފައިވެއެވެ. އެހެން ނަމަވެސް، މިހާތަނަށް ޝާހު ރުކް އެކަމަށް އަޅާލާފައިނުވި ނަމަވެސް ހޯމަ ދުވަހުގައި އޭނާ ވަނީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަން އިންޑިއާގެ ސަރުކާރަށް އެންގުމުން އޭނާގެ ގެ ބަލަހައްޓަން 11 ފުލުހުން ހަމަޖައްސައި ދީފައި ވެއެވެ.

"ޖަވާން" އާއި ޕަތާންގެ ކާމިޔާބީއަށްފަހު ޝާހު ދެން ފެންނާނީ މިއަހަރުގެ ޑިސެމްބަރގައި ރިލީޒްވުމަށް ހަމަޖެހިފައިވާ "ދުންކީ" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން