ޒީޓީވީ އިން ދައްކާ މަޤްބޫލު ޑްރާމާ ސިލްސިލާ "ޕްޔާރް ކާ އެކް ނާމް: ރާދާ-މޯހަން" ޑްރާމާ ސިލްސިލާގެ މަންޒަރުތައް ރާއްޖޭގެ ރިޒޯޓެއްގައި ޝޫޓްކޮށްފިއެވެ.މި ޑްރާމާގެ ލީޑް ކުޅެމުންދާ މަޝްހޫރު ތަރިން ކަމަށްވާ ޝަބީރް އަހްލުވާލިއާއި، ނީހާރިކާ ރޯއީ އަދި ސަމްބަބާނާ މޯހަންތީ ވަނީ ރާއްޖޭގެ ސަން ސިޔާމް އިރުފުށި ރިޒޯޓްގައި މި ޑްރާމާގެ މަންޒަރުތަކެއް ޝޫޓްކޮށްފައެވެ. މި ތަރިން ޑްރާމާގެ މަންޒަރު ޝޫޓްކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް ވަނީ ޑްރާމާ ސިލްސިލާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖަށް ދޫކޮށްލާފައެވެ. އަދި މި ތަރިން ނަގާފައިވާ ވީޑިއޯތަކެއްވެސް ޒީޓީވީގެ އިންސްޓަގްރާމަށް ދޫކޮށްފައި ވެއެވެ.މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގައި ނަގާފައިވާ މި ޑްރާމާ ސިލްސިލާގައި ރާއްޖޭގެ މުހިންމު މަންޒަރުތައް ދެއްކުމަށް ހަމަޖެހިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން