އިޓަލީގެ ޓޫޓޯ ސްޕޯޓް ނޫހުން ހޮވާ 2023 ވަނަ އަހަރުގެ ގޯލްޑަން ބޯއި އެވާޑް، ފުޓްބޯޅަ ކުޅުންތެރިޔާ ޖޫޑް ބެލިންގަހަމަށް ލިބިއްޖެއެވެ.

އުމުރުން 20 އަހަރުގެ ޖޫޑް ވަނީ އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމާއި ރެއާލް މެޑްރިޑާއި ބޮރޫޝިއަ ޑޯޓްމަންޑްގައި އޭނާގެ ކުޅަދާނަކަން ދައްކާފައެވެ. އިޓަލީގެ ނޫހެއް ކަމަށްވާ ޓޫޓޯ ސްޕޯޓް އިން ދޭ މި އެވޯޑަކީ ކެލެންޑަރ އަހަރެއްގެ ތެރޭގައި ޔޫރަޕްގައި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ.

މީގެ ކުރިން މި އެވޯޑް ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި އާލިންގް ހާލަންޑް، ކިލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީ ހިމެނޭއިރު، ބާސާގެ ގަވީ ވަނީ 2022 ވަނަ އަހަރުގެ ގޯލްޑަން ބޯއިގެ މަގާމު ހޯދާފައެވެ.

ބާމިންހަމް ސިޓީއަށްވެސް ކުޅެދިން ޖޫޑް ވަނީ މި ސީޒަނުގައި ލަލީގާގައި ކުޅުނު 11 މެޗުގައި 10 ގޯލް ޖަހައިފައެވެ. ޖޫޑް ވަނީ ބުންޑެސްލީގާގައި 3 އަހަރު ހޭދަކޮށްފައެވެ.

2023 ވަނަ އަހަރުގެ ގޯލްޑަން ބޯއިގެ ޝޯޓް ލިސްޓުގައި ހިމެނޭ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އާރުބީ ލައިޕްޒިގްގެ ޒާވީ ސިމަންސް އާއި ޕެރިސް ސެއިންޓް ޖާމައިންގެ މިޑްފީލްޑަރު ވޮރެން ޒައިރް އެމެރީ އާއި ޗެލްސީގެ ލެވީ ކޮލްވިލް އަދި ބްރައިޓަންގެ އިވާން ފާގަސަންއެވެ.

ބެލިންހަމަށް ރަސްމީކޮށް އެވޯޑް ލިބޭނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޓޫރިންގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން