އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން ބަލި މީހުން އުފުލުމަށް ލުއިފަސޭހަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިބީދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިއްޔެ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވޭ." ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވިކަމަށް ރައީސްއޮފީހުން މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުންގެ ފަރާތުންވެސް އާކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބަނަސް

22-Nov-2023

ތާކުންތާކު ނުޖެހޭ ވާހަކަ


2

ހުވާދޫމީހާ

22-Nov-2023

މޮޔަ އެއްގެ އަތަށް ކަޑިއެއްދިނީމަ ދެން ވާގޮތް ތިފެނިގެންދަނީ. ދޮގާއި މަކަރާއި ހީލަތުން ވެރިކަންހޯދައިގެން މާކަ ގިނަދުވަހަކު ވެރިކަމުގަ ނުހުރެވޭނެ. ޔާމިނުފަކީރު ފުރަތަމަ ދުވަހުއްސުރެން މިނިވަނެއްކަމުގައި ހަދާނަމޭވެސްބުނިއަހަރެމެންގެ ގާތުގަ. އަހަރަމެންގެ ލީޑަރު ޔާމިނު މިނިވަން ނުކޮށް ވެރިކަމުގެ އަސްލު ރާހަތެއް ލިޔަކަ ނުދޭނަން.އެހެނ ނޫނި ބާހާއި ޢަމަލާއި ދިމަކުރޭ. މޮޔަމީހަކަށް ވޯޓު ދެވުނީމަ މިހާރު ދެރައީ. ގަމާރު މޮޔަ މީހަކަށް ރައީސްކަން ދިނުމަށް ވޯޓް ދިން ރައްޔިތުންނޭ ކަރުނައަޅާ ރޯންޖެހޭދުވަސްއައުމުގެ ކުރިން ވެރިކަމުން ޢަޒުލުކުރަން ޖެހިއްޖެ ޙާލަތެއްގައ އެކަން ކުރަންވެސް ތައްޔާރުވެތީބެތި. މިއީ ލައްކަ ވާހަކަ.


1

ޥާނުވާ

21-Nov-2023

އިންޑިއާ އައުޓް މުއިއްޒު ޓީޝާޓްގަވެސް ޖަހައިގެން ތިކިޔަނީ އިންޑިއާ ހެލިކޮޕްޓަރ ގެ ސަބަބުން ބަލިމީހުން އުފުލަން ލުއިފަސޭހަ ވެއްޖެޔޯ


1

ހައްގުބަސް

19-Nov-2023

ތިވާހަކަތައް މުއިޒާ ސުވާލު ކުރިނަމަ



ޓްރެންޑިން