ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ
ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އަދި އޭނާގެ އަންހެނުން 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައެވެ. މިމައްސަލައިގައި ވެރިކަމުގައި ހުންނަވައިގެން ގަވާއިދާ ހިލާފަށް ދައުލަތުގެ ޚަޒާނާއިން ނާޖާއިޒު ފައިދާ ނެގިކަމަށް ތުހުމަތުކޮށްފައިވެއެވެ.

ޕާކިސްތާނުގައި ފެބްރުއަރީ 8 ގައި ބާއްވާ މަޖިލިސް އިންތިހާބަށް ކުޑަ ދުވަސްކޮޅެއް އޮއްވައި އިއްވި މި ހުކުމްގައި ދައުލަތުގެ އެއްވެސް މަގާމެއް ފުރުއްވުމަށް ޚާން ޝަރުތު ހަމަނުވާކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ވެރިރަށް އިސްލާމްއާބާދުގެ އެންޓި ކޮރަޕްޝަން ކޯޓަކުން މިއަދު މިހުކުމް އިއްވާފައިވަނީ ދައުލަތުގެ ސިއްރުތައް ހާމަކުރި ކަމަށް ސާބިތުވި އެހެން މައްސަލައެއްގައި ޚާންއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެއް ދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން