ދެ މިނިސްޓްރީއެއްގެ ޕާމަނަންޓް ސެކްރެޓަރީން މަޤާމުން އިސްތިއުފާ ދެއްވައިފި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އެގޮތުން ޓޫރިޒަމްގެ ޕީއެސްއަކަށް ހުންނެވި ފާތިމަތު ނިލްފާއާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުލް ރަހުމާން ސަލާހު ރަޝީދު މަޤާމުން އިސްތިއުފާ ދެއްވިކަމަށް ސީއެސްސީގެ މީޑިއާ އޮފިޝަލަކު ވަނީ "ރަސް އޮންލައިން"އަށް މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފާތިމަތު ނިލްފާ މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާއި ގުޅިގެންނެވެ. އޭޕްރީލް 9، 2020 ގައި ހޯމް މިނިސްޓްރީގެ ޕީއެސްކަމާއި ހަވާލުވެވަޑައިގަތް ޢަބްދުލް ރަހްމާންވެސް މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާއި ގުޅިގެން ކަމަށް ސީއެސްސީއިން މަޢުލޫމާތުދީފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގެ ޒިންމާތަކާ ނިލްފާ ހަވާލުވެވަޑައިގަތީ މާޗު 10، 2021 ގައެވެ.
ހުސްވެފައިވާ މި ދެ މަޤާމަށް މީހުން ޢައްޔަންކުރެއްވުމަށް ސީއެސްސީން މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި އިޢުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު