އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ފުރަތަމަ ބުރު
އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ފުރަތަމަ ބުރު
77 ބައިވެރިންނާއެކު އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ފުރަތަމަ ބުރު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގއ. ގެމަނަފުށީގައި ހަތަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުންނާއި ޚަތީބުން ބައިވެރިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ ނުވަ މާއްދާއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

"މިއީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް." އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭ 700 އިމާމުން ތަމްރީނު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އިއްބެ

19-Feb-2024

މިހާރުޚަތީބުންނެއްނުތިބޭނެމިހާރުތިބޭނީމުދިމުންނާއިއިމާމުން



ޓްރެންޑިން