ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭސް މިނިސްޓްރީން މިހެން ބުނެފައިވަނީ ކްރެޑިޓްް ކާޑާއި ޑެބިޓްް ކާޑުތަކުންް ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރާކަމަށްް ބުނެ ފަތުރަމުންދާ ޚަބަރާއި ގުޅޭގޮތުން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

މިބަޔާނުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ދަށްކުރަން ބޭންކުން ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ފިނޭސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ރާއްޖޭގެ މާލީ ހާލަތައް ބަލައި، ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލެއް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއެކު މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރުފައިސާ ލިބުންް ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުންް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ފިނޭސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިސަރުކާރުންް ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކަމުން އަރައިގަނެ، ރާއްޖޭގެ އިޤްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮބަދަލެއް މިސަރުކާރުން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަންް ފިނޭންސް މިނިސްޓްރީން ދީފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އިޤްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ޚަބަރު ނުފެތުރުމަށާއި، ޒިންމާދާރު ކަމާއެކު މަޢުލޫމާތު ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން