މަސްއޮޑި ސްޕޯޓްސް ކްލަބް
މަސްއޮޑި ސްޕޯޓްސް ކްލަބް
އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، މަސް އޮޑި ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.

މަސްއޮޑިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗު ތިން ލަނޑު ދެލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގައި މަސް އޮޑި ލީޑުނެގީ، 23 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން މަސް އޮޑި ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ހުސެއިން ޝަރީފެވެ.

ވިކްޓަރީން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓްގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މެޗުގެ ނަތީޖާ ވިކްޓަރީއަށް ހަމަހަމަ ކޮށްދިނީ 79 ވަނަ މިނެޓުގައި ވިކްޓަރީގެ ކެޕްޓަން، އަކުރަމް އަބްދުލް ޣަނީއެވެ.

މަސްއޮޑި މިމެޗުން މޮޅުވިލަނޑު އިތުރުވަގުތުގައި ޖެހީ، އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އޮޑީލީ ޗިޑީ ފެލިކްސް އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މުޅިމުބާރާތުގައި 7 ލަނޑުޖެހި ނިއުގެ ގާނާ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީ އެވެ.

ތިންވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެ ވަނަ ޑިވިޝަނުގައި މިއަހަރު އަލަށް ވާދަކުރި މަސް އޮޑިން ދެ ވަނަ ޑިވިޝަންގެ ތަށި ކާމިޔާބު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅުނު ވިކްޓަރީ އާއި މަސް އޮޑިއަށް ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނަޝީދު

17-Feb-2024

ފުޓްބޯޅައަށް ގިނަ ޒުވާނުން ހިތްޖެހުމަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް. އުއްމީދަކީ ވޯލްޑުކަޕް ދިވެހިން ކުޅޭނެ ދުވަހެއް ކައިރި މުސްތަގުބަލެއްގައި ފެނުން


0

ހަސަންމަމިކު

17-Feb-2024

މަސްއޮޑި ޓީމް ތިހޯދީ ކާމީޔާބަށް މަރުހަބާ!


2

އިސްމާޢީލް

17-Feb-2024

މަރުހަބާ މަސްއޮޑި ޓީމް



ޓްރެންޑިން