އެޕިސޯޑް 03
.........-----------
[ކޮންތާކަށްދާނީ....؟] ހިނގަމުން ގޮސް ވަކި ހިސާބަކަށް މަޑުކޮށްލުމަށްފަހު، ޝެހެނާ އެއްސެވެ.
[ހިނގާބަލަ ފިނިކޮށްލަން، މިދިމާ އަތިރިމައްޗަށް. މިހާރު އެ ސަރަޙައްދު ވަރަށް ފިނިވާނެ.] ރަނާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި، ޝެހެނާ ހިނގައިގަތެވެ.
އެވަގުތު އެމީހުންގެ ފަހަތުން މީހަކު ޝެހެނާއަށް ގޮވި އަޑަށް އެމީހުން ހުއްޓުނެވެ.
[އަނހަ ވާސިލް...ކިހިނެއް....އެއަރޕޯޓުން ފެނުނީމާ އަނގައިންވެސް ނުބުނީމާ، އަހަރެން ހީކުރީ މާބޮޑަށް ފޮނިވީ ކަމަށް....] ޝެހެނާ ވާސިލާ ދިމާއަށް އެނބުރުނެވެ.
[އެވަގުތު ހުރިހާ ކުދިންގެ މައިންބަފައިންވެސް ގާތުގައި ތިބީމާ، އެމީހުނަށް އިޙްތިރާމް ކުރުމުގެ ގޮތުން ހިމޭނުންހުރީ. އަހަރެން ކިތަންމެ ހިމޭނުން ހުއްޓަސް، އެވަގުތުވެސް އަހަރެންގެ ހިތެއް ހިމޭނަކުން ނެތް.] ވާސިލް ސިއްރުވެރި ގޮތަކަށް، ޝެހެނާގެ ފަހަތުގައި ހުރި ރަނާއަށް ބަލައިލިއެވެ.
[ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު. ތިކިޔާ އެއްޗެއް އަހަރެމެންނަށް އެނގޭ ގޮތަށް ކިޔާބަލަ.] ޝެހެނާއަކަށް ވާސިލް ބުނި އެއްޗެއްގެ މަޠުލަބެއް ނުވިސްނުނެވެ.
[ޝެހެނާގެ ފަހަތުގައި ތިޔަހުރީ ކޮން ކުއްޖެއްތަ؟ ތިޔައީ މިރަށު ކުއްޖެއްތަ؟ މާދޭހަންދުރަކޮށް ހުންނަ ކުއްޖެއް.] އެއްމިޔަކަނުން ހީލަމުން، ވާސިލް މިހެން ބުނީމާ ރަނާ އިސްޖަހާލިއެވެ.
[ސާބަސް ވާސިލަށް ރަނާ ނޭނގޭތަ؟ ރަނާއަކީ ހަތަރުކަށިމަތި މިރަށު ކުއްޖެއް.] ޝެހެނާ ބޯހޫރާލިއެވެ.
[އަހަންނަށް އެނގޭ. ރަނާގެ ޢާއިލާވެސް އަހަރެން ދަންނަން. ރަނާ ކިހިނެއް؟] ވާސިލް ރަނާއާ ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. ރަނާ އިސްއުފުލައި، ވާސިލްގެ މޫނަށް ބަލައިލަމުން، ވާސިލްގެ އަތުގައި ހިފިއެވެ.
[ރަނގަޅު. ވާސިލް ކިހިނެއް.] ވާސިލަށް ޖަވާބު ދިނުމަށްފަހު، ރަނާވެސް އެއްސެވެ. އެވަގުތު ޝެހެނާ ރަނާމެނަށް ފުރްޞަތު ދިނުމުގެ ގޮތުން، އަނެއް ފަރާތަށް އެނބުރުނެވެ.
[އަހަރެން މިތަނުން ދާންވީތަ؟] އެހުރިގޮތަށް ހުރެ ޝެހެނާ ބުނެލިއެވެ. އޭނާގެ ލާނެތްކަމުންނެވެ.
[ހާދަ ލާނެތް އަންހެނެކޭ. އަހަރެމެން ދަނީ.] ރަނާ ޝެހެނާގެ އަތުގައި ހިފިއެވެ.
[ރަނާ....ހިތްބުރަ ނޫނިއްޔާ، ރަނާއާ ގުޅޭނެ ނަމްބަރެއް ދީފާނަންތަ؟] ރަނާމެން ހިނގައިގަތީމާ، ވާސިލް އެދުނެވެ. ރަނާމެން ހުއްޓުނެވެ. ރަނާގެ ނަމްބަރު ވާސިލަށް ދިނީ ޝެހެނާއެވެ.
[އެގޮތަށް ފިރިހެނަކު ބުނާއިރަށް، އަހަރެންގެ ނަމްބަރު ދޭންޖެހޭތަ؟] އަނެއްކާވެސް ހިނގައިގަންނަމުން ރަނާ ސަމާސާކޮށްލިއެވެ.
[އަހަރެން ކޮންމެ މީހަކަށް ތި ނަމްބަރެއް ނުދޭނަން. ދޭންޖެހޭ މީހުން އަހަންނަށް އެނގޭނެ.] ޝެހެނާ ފަސްއެނބުރި އޭނާގެ މޯބައިލް ފޯނު ކަންފަތުގައި ޖަހައިގެންހުރެ، އޭނާގެ ގެޔަށް ވަންނަނީއެވެ.
ރަނާގެ އަތްދަބަސްތެރެއިން ފޯނު ރިންގްވާއަޑު އިވެން ފެށީ އެވަގުތެވެ. ރަނާ ފޯނު ނެގިއެވެ.
[ކޮންތާކަށް ތިދަނީ؟] ރަނާ ފޯނު ކަންފަތުގައި ޖައްސާލުމާއެކު، އެކޮޅުން ކުރީ ސުވާލެކެވެ.
[އެއްވެސް ތާކަށް ނޫން. ހަމަ ހިނގާލަނީ. ކާކުތީ؟] ރަނާއަށް އެއީ ކާކުކަން ނޭނގުނަސް، އެނގޭ ކަމަށް ހެދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
[މިއީ ކާކުކަން ނޭނގިގެންތަ ތިއަހަނީ؟] ވާސިލް އެގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލިއެވެ.
[އާނ...އަހަރެން ވަރަށް ފިރިހެން ކުދިންނާ ފޯނުން ވާހަކަ ނުދައްކަން. އަޑުން ކުއްލިއަކަށް ކާކުކަމެއް ނުވެސް އެނގޭނެއެއްނު.] ރަނާ ފަސްއެނބުރި ބަލައިލިއެވެ. ވާސިލް ފެންނަން ހުރިތޯއެވެ. ނަމަވެސް، ވާސިލް ފެންނަ ހިސާބަކު ނެތެވެ.
[މިއީ ވާސިލޭ ބުނެފިއްޔާ، ވާހަކަ ދައްކަން މަޑުކޮށްފާނަންތަ؟] ވާސިލް ވާހަކަ ދެއްކީ ނިކަން މަޑުމަޑުން ޢިޝްޤީ އަސަރުގައެވެ.
[ވާސިލް ކީއްކުރަން ތިގުޅީ؟] ރަނާގެ މޫނުމަތި އަލިވެ އުޖާލާވި ކަހަލައެވެ. އޭނާއަށް ފުން ނޭވާއެއް ލެވުނެވެ.
[ރަނާއާ ވާހަކަ ދައްކާހިތުން. އަނެއްކާ އަހަރެން ރަނާއާ ގުޅައިގެން ވާހަކަ ދެއްކުމުން، މައްސަލަޖެހޭނޭ ފަރާތެއް ރަނާގެ ހުރޭތަ؟] ވާސިލް ބޭނުންވަނީ ފުރަތަމަ ރަނާގެ ކިބައިން އެންމެ ކަމެއް ދެނެގަންނާށެވެ. ނަމަވެސް، ކުއްލިއަކަށް ނޫނެވެ. އޭނާ އެއްވެސް ވާހަކައެއް ކުއްލިއަކަށް ނުދައްކާނެއެވެ. ފުރަތަމަ އޭނާ ތައްޔާރުވާނީއެވެ.
[އަހަރެންގެ ޢާއިލާއަކު ނުހުންނާނެ، މައްސަލަ ޖައްސާނެ މީހަކު. މަންމަ ވަރަށް ކޫލްވާނެ.] ރަނާ ތޮށިގަނޑުމަތީގައި އިށީނެވެ.
[އަހަރެން ބުނީ، ރަނާގެ މައްސަލަ ޖައްސާނޭ ބޯއި ފްރެންޑެއް ހުރޭހޭ؟] ވާސިލަށް ފުރަތަމަވެސް ރަނާ ފެނުމާއެކު، ވާސިލް ކުރަން ބޭނުންވި ސުވާލު، ލިބުނު ފުރްޞަތުގައި އޭނާ ކުރިއެވެ.
[ނަޞީބު ރަނގަޅުކަމުން އަދި ތިކަހަލަ ކަމެއްވެސް ނެތް....އަހަރެންވެސް ބޭނުން، އަހަންނާ ތިކުރި ސުވާލު ވާސިލާ ކުރަން....] ރަނާއަކީވެސް ވަރަށް ހުޝިޔާރު އަންހެން ކުއްޖެކެވެ.
[އެ މަޤާމް ފުރާނޭ ކުއްޖަކު ލިބޭތޯ އަހަރެން މިދަނީ މަސައްކަތް ކުރަމުން. ހައްތާވެސް މައްސަލައަކީ ޓަސްލާފަ، ބުނަން ނުކެރޭކަން. ފޯނުން މިގޮތަށް ކިތަންމެ ގިނައިރު ވާހަކަ ދައްކަން ތިއްބަސް، ޙަޤީޤީ މަޥްޟޫޢަށް ދާން ވަރަށް ޖެހިލުންވޭ......ވެދާނެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވެނީ ކަމަށްވެސް.] ވާސިލަކީ ޙަޤީޤަތުގައިވެސް އެފަދަ ކަންކަމުގައި ވަރަށް ބީރައްޓެހި ފިނޑި ޒުވާނެކެވެ. އަބަދުވެސް އޭނާގެ ރައްޓެހިންވެސް އެކަމާ އޭނާއާ ދިމާކުރެއެވެ.
[ތިވަރަށް ފިނޑިވީމާ ދެން ޖެހޭނީ، އެހެން މީހެއްގެ އެހީ ހޯދަން. އެކަމަކު އެމީހަކު ވާންވާނީ، އިތުބާރު ކުރެވޭ ރައްޓެއްސަކަށް.] ރަނާ ލަފާދިނެވެ.
[މިކަމުގައި ރަނާ އަހަންނަށް އެހީވެދީފާނަންތަ؟] އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، ވާސިލް ބުންޏެވެ.
[މައްސަލައެއް ނެތް. އަހަންނަށް އިތުބާރު ކުރެވޭތަ؟]
[އާނ އިތުބާރު ކުރަން. ތީނަގެ އެހީތެރިކަން އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ. އަހަންނަށް އެހީވާނަންތަ؟] ވާސިލްގެ ހިތް އަވަސްވާން ފެށިކަހަލައެވެ.
[އާނ....އަހަރެން މިހުރީ ވާސިލަށް އެހީވާން ތައްޔާރަށް. އަހަރެންގެ ފަރާތުން ވާސިލް ބޭނުންވާ އެހީއަކީ ކޮބައިތަ؟] ރަނާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ވާސިލް އެހެން އަންހެން ކުއްޖަކާމެދު މާބޮޑަށް ވިސްނަނީއޭ އޭނާއަށް ހީވަނީއެވެ.
[މިހާރަކު ނޫން. އަހަރެން ފަހުން ބުނާނަން. ރަނާވާނެ، އެކުއްޖާއަށް އަހަރެންގެ މެސެޖް ރައްދުކޮށްދޭން......] މިފަހަރު އަދި ވާސިލަކަށް ނުކެރުނެވެ.
[އަނެއްކާ ވާސިލް ތިބުނާ ކުއްޖަކީ ޝެހެނާތަ؟] ރަނާއަށް ޝައްކުވާން ފެށިއެވެ. އަނެއްކާ ލައިގަންނަން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާއޭ އޭނާގެ ހިތަށްއެރިއެވެ.
[ދެން މިހާރަކު ނޫން. ފަހުން ބުނާނަން. ހަމަގައިމުވެސް ރަނާއަށް މިކަމުގައި އަހަންނަށް އެހީވެދެވޭނެ.] ފަހަރުގައި އެވަގުތަކީ އެންމެ މުނާސަބު ވަގުތު ކަމަށް ވާސިލަށް ގަބޫލު ނުކުރެވުނީތީ، އޭނާ ފަސްކުރީ ކަމަށްވެސް ވެދާނެއެވެ.
[އަޅެ މިހާރު ބުނަންވީނު. އަހަރެންގެ ޝައުޤުވެރިކަން ވަރަށްބޮޑުވެއްޖެ މިހާރު.] ރަނާގެ ހިތް މިހާރު އެވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ.
[މިހާރު މަންމަ ކޮންމެވެސް ކަމެއްގައި އެބަ ގޮވާ. ފަހުން ގުޅާނަން، މިވަގުތު ބާއްވަނީ.] ވާސިލް ފޯނު ބޭއްވިއެވެ. ރަނާގެ ހިތް ނުތަނަވަސްވިއެވެ. އެ ފޯންކޯލްގެ ސަބަބުން އޭނާ މުޅިން މާޔޫސްވިކަހަލައެވެ.
[ވާސިލް ކީކޭތަ ބުނީ؟] ރަނާ ފޯން އަތްދަބަހަށްލުމާއެކު ޝެހެނާ އެއްސެވެ.
[ނޭނގެ....އަހަރެން މުޅިން މާޔޫސްވެއްޖެ. އޭނާ އުޅެނީ، އޭނާގެ ލޯބި ކާމިޔާބު ކުރަން އަހަރެން ކަނދުފައްޗަކަށް ބޭނުންކުރަން.] ފޫހި ރާގަކަށް ރަނާ ބުންޏެވެ.
[ތިބުނީ!؟ އަހަންނަކަށް ނުވިސްނުނު.] ޝެހެނާއަށް ނުވިސްނުނެވެ.
[އަހަރެން ޖެހެނީ އޭނާގެ މެސެޖް، އޭނާ ބުނާ ކުއްޖަކަށް ދޭން. ކިތަންމެ ހިތަށް އުނދަގޫވިޔަސް، އަހަރެން ބުނިން، އެކަން ކޮށްދޭނަމޭ.] ރަނާ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
[ރަނާ މާޔޫސް ތިވަނީ މާ އަވަހަށް. މާޔޫސްނުވެބަލަ، ރަނާ ވަރަށް ބޮޑަށް ވާސިލާމެދު އެބަ ވިސްނަންދޯ...] ޝެހެނާ ބުންޏެވެ.
[އިހަށް ތިވާހަކަ ހުއްޓާލާ. ތިވާހަކައަކީ އަހަރެމެނަށް އެއްވެސް ފައިދާއެއް ހުރި ވާހަކައެއްހެނެއް ހިއެއްނުވޭ.] ރަނާ ބޭނުންވީ ވާސިލްގެ ވާހަކަ ހުއްޓާލާށެވެ. އެހެން ނަމަވެސް، ގެޔަށް ގޮސްވެސް ވާސިލްގެ ފޯންކޯލަށް އޭނާއަށް އިންތިޒާރު ކުރެވެން ފެށުނެވެ.
އެފަދައެވެ. ވާސިލްގެ ހުރިހާ ވިސްނުމެއްވެސް ވަނީ ރަނާއަށް އޭނާގެ ލޯބި ހޯދުމަށް ހުށަހަޅާނޭ ގޮތަކާމެދުގައެވެ. އޭނާއަކީ އެފަދަ ކަންކަމުގައި ފިނޑި މީހަކަށްވިޔަސް، އޭނާ ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ބޮޑަށް ތައްޔާރުވުމަށްފަހުގައެވެ.
އެރޭ ނިދަން އޮށޯވެ އޮވެ، އޭނާ ވިސްނައި ފިކުރުކުރީ، އެކަމުން އޭނާ ލަދުގަންނަން ޖެހިއްޖެނަމަ، ވާނޭ ގޮތަކާމެދުގައެވެ.
ޙަޤީޤަތުގައިވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެނަމަ، އޭނާ ވަރަށް ލަދުގަންނާނެއެވެ. އެއީ އޭނާ ކުރިމަތިލާން ބޭނުންވާ އިމްތިޙާނެއް ނޫނެވެ.
[ދަރިފުޅާ...ހާދަ ބޮޑު ފިކުރެއްގަ. އަދިވެސް ނިދަން ވަންނާކަށް ނުވޭތަ؟] ރަނާގެ މަންމަ ކޮޓަރިން ނުކުމެ ސިޓިންގރޫމަށް ބޯދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ.
[އިރުކޮޅަކުން އޮށޯންނާނަން. މަންމަމެން ނިދާލާ. އަދި ބޭބެވެސް ގެޔަކަށް ނާދޭ. ބޭބެ އައިމާ އަހަރެން ނިދާނީ....] ރަނާ މިހެން ބުނީމާ، ކާގެއަށް ވަދެ، އައިސްފެން ފުޅިއެއް ހިފައިގެން ގޮސް ޝަފީޤާ، އޭނާ ނިދާ ކޮޓަރިއަށް ވަނެވެ.
ރަނާއާއި ވާސިލެކޭ އެއްފަދައިން، އަމަރްގެ ލޮލުގައިވެސް ނިދީގެ ކުޑަވެސް އަސަރެއް ނެތްފަދައެވެ. ދެލޯ މަރާލާއިރަށް އޭނާއަށް ސިފަވަމުން ދަނީ، ރަނާގެ ހިތްގައިމު ޙަރަކާތްތަކެވެ. އެފަރި ހިނިތުންވުމެވެ. ރަނާގެ ކޮންމެފަދަ ޙަރަކާތެއްވެސް އޭނާ ބަލައިގަންނަނީ އެއްވެސް ފޫހިކަމެއްނެތިއެވެ.
[ރަނާ ކީއްވެތަ، އަހަންނާ ވާހަކަ ދައްކަން ބޭނުންނުވަނީ. ރަނާ....އަހަރެން ރަނާދެކެ ވަރަށް ލޯބިވަން. ރަނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް އަހަރެން ކުރާނަން.] ހިތާހިތާ އަމަރް ވާހަކަ ދައްކަމުން ދިޔައެވެ. ޙަޤީޤަތުގައި އަމަރް ރަނާއާމެދު ވިސްނާވަރު، އަމަރް ނޫން އެއްވެސް މީހަކަށް އިޙްސާސްވެސް ނުކުރެވޭނެއެވެ. ކުޑަ ބަނޑޮސް ދަތުރަކުން ރަނާ ފެނުނުފަހުން، މިއަދާ ހަމައަށްވެސް އޭނާ އެދަނީ ރަނާއަށް އިންތިޒާރު ކުރަމުންނެވެ.
އަމަރްގެ ޒުވާންކަމާއި ފިރިހެންވަންތަކަން ލިބިގަތުމަށް، ތަފާތު އެތައް އަންހެން ކުދިންނެއް މަސައްކަތް ކުރަމުންދާއިރުވެސް، އޭނާގެ ހުރިހާ ވިސްނުމަކާއި ފިކުރެއް ގުޅިފައި ވަނީ ރަނާއަށެވެ.
[އަހަރެން އެ އަންހެން ކުއްޖާ ކޮންމެތާކު ހުއްޓަސް ޙާޞިލްކުރާނަން.] ކުޑަ ބަނޑޮހުން ރަނާ ފެނުނު ވަގުތު އަމަރް، އޭނާގެ ރަޙްމަތްތެރިޔާ ޒަފަރް ގާތު އޭނާ ބުނެފައިވެއެވެ. އަމަރަށް އެކަން ކާމިޔާބު ކުރެވިދާނޭ ކަމަށް އެދުވަހު ޒަފަރްވެސް ބުންޏެވެ. ނަމަވެސް ޒަފަރް އެދުވަހު އެހެން ބުނީ، އަމަރްގެ ފައިސާވެރިކަމަށް ބަރޯސާކޮށްފައެވެ.
[ތިޔައީ އަހަރެން ޤަބޫލުކުރާ ވާހަކައެއް ނޫން. ކޮންމެ އަންހެން ކުއްޖަކު ފައިސާއަކަށް ނުލެންބޭނެ. ފައިސާއަށް އެނބުރޭނީ ވަކިވައްތަރެއް. ފައިސާގެ ދަޅަ ދައްކައިގެން އަންހެން ކުއްޖަކު ޙާޞިލް ކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ، އަހަރެން ލޯބިވާ، އަހަރެންދެކެވެސް ލޯބިވާނޭ ބައިވެރިއެއް. އަހަންނަށް ވަރަށް އުއްމީދު އެބައޮތް، ރަނާއަކީ އެފަދަ ބައިވެރިޔަކަށްވާނޭ ކަމުގެ. އަހަރެން ބޭނުންވާ ގޮތަށް އޭނާގެ ޢަމަލުތައް މިހާރު އެހުންނަނީ. ފުރަތަމަކޮޅު އެގޮތަށް ނަފްރަތު ކުރުމަކީ، ޙަޤީޤީ ލޯތްބެއްގެ ފެށުން.....] އަމަރާއި އޭނާގެ ރަޙްމަތްތެރިޔާ ޒަފަރް ވާހަކަ ދައްކަން ތިބީ އަމަރްގެ ބައްޕަ ހިންގާ ސަންސެޓް ރެސްޓޯރެންޓް ތެރޭގައެވެ.
[އަހަރެންވެސް އުއްމީދު ކުރަން، އަމަރަށް ކާމިޔާބު ލިބޭނޭ ކަމަށް.] ޒަފަރް ބުންޏެވެ. އެއީ ވެއިޓަރު އަންހެން ކުއްޖަކު ދެތަށި ކޮފީ ހިފައިގެން އައި ވަގުތެވެ.
[ޒަފަރް ބޭނުންތަ އެހެން އެއްޗެއް؟] ވެއިޓަރު ކޮފީ ތަށިތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ހިނގައިގަތީމާ، އަމަރް އެހިއެވެ.
[ބޭނުމެއް ނޫން، ޙަޤީޤަތުގައި މިގަޑީގައި ކޮފީއެއްވެސް ބޯހިތެއްނެތް. އެކަމަކު އަމަރް އެކަނި ކޮފީ ބޯންވީމާ ފޫހިވާނެތީ، އަހަރެންވެސް ކޮފީއަކަށް ބުނީ.] ޒަފަރް ބުންޏެވެ. އެވަގުތު އަމަރްގެ ޖީބުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށިއެވެ.
[އެ ގުޅަނީ އޮފީހުން. މިއަދަކީ އޮފީސް އެސިސްޓެންޓަކަށް އަންހެން ކުއްޖަކު ވައްދަން ހަމަޖެހިފައިވާ ދުވަސް. އެކުއްޖާއާ އިންޓަރވިޔު ކުރަން ބައްޕަ ޙަވާލުކޮށްފައި ވަނީ އަހަންނާ. އެކުއްޖާ އިންޓަރވިޔުއަށް އައީކަންނޭނގެ.] އަމަރް ފޯން ނެގިއެވެ.
[އަންހެން ކުއްޖަކު އެބަހުރި....] އޮފީހުން ގުޅި އެކައުންޓެންޓް ރަޝްފާ ބުންޏެވެ.
[މިދަނީ...އެކުއްޖާ އެތެރެއަށް ވައްދާލާ....] އަމަރް ފޯން ބޭއްވިއެވެ.
ރޭގަނޑު މާ ދަންވަންދެން ހޭލާ ހުރުމުގެ ސަބަބުން ރަނާއަށް އެދުވަހު ހޭލެވުނީ ވަރަށް ލަހުންނެވެ. އޭރު ގަޑިން ދިހަގަޑިބައި ވަނީއެވެ. އެއީ ދުވަހަކުވެސް ރަނާއަށް ވީކަމެއް ނޫނެވެ.
[މަންމާ، އަޅެ ކީއްވެތަ އަހަންނަށް ނުގޮވީ. އަހަރެން ދުވަހަކުވެސް މިހާއިރު ވަންދެން ނިދާކަށް ނޯންނަމެއްނު.] ފެންވަރައިގެން ކޮޓަރިން ނުކުންނަމުން، ރަނާ ޝަކުވާ ކުރިއެވެ. ރަނާއަކީ އަބަދުވެސް ފަތިހު ހޭލައިގެން، މަންމަގެ މަސައްކަތްތަކުގައި އެހީތެރިވާ ހީވާގި އަންހެން ކުއްޖެކެވެ.
[ދަރިފުޅު ރޭގަ މާގިނައިރުވަންދެން ނުނިދާ ހުރީމާ، މަންމަ ނުގޮވީ. ދެން ދޭބަލަ އަވަހަށް ސައިބޯން. ޝެހެނާވެސް ގުޅި. އަދި ކޮންމެވެސް ފިރިހެން ކުއްޖަކުވެސް ގުޅި. މަންމަ ބުނިން ނިދާފައޭ އޮތީ.] ޝަފީޤާ ބުންޏެވެ.
[އަޅޭ މަންމާ....ދެން ތިގުޅި މީހަކުވެސް ހިތަށްއަރާނެ، އަހަންނަކީ ވަރަށް ކަންނެތް އަންހެން ކުއްޖެކޭ. އަހަންނަށް ގޮވިނަމަ.] ރަނާ ފޯނުން ގުޅާފައި ހުރި ނަމްބަރުތަކަށް ބެލިއެވެ.
ފިރިހެނަކަށް ގުޅާފައި އޮތީ ވާސިލެވެ. ދެވަނަފަހަރަށް ވާސިލް ގުޅީ ރަނާ ސައިބޮއި ނިމުނުތަނާއެވެ.
[އަދި ކިރިޔާދޯ ތި ހޭލީ؟] ރަނާ ފޯނު ނެގުމާއެކު ވާސިލް ބުންޏެވެ.
[މިހާރު އިރުކޮޅެއް ވެއްޖެ. ރޭގަ ނިދުނީ ތިނެއްޖަހާކަންހާއިރު. ފޮތެއް ކިޔަން އޮވެވުނީ. ވަރަށް ގުޅައިފިންދޯ؟] ރަނާ ވަނީ ކޮޓަރިއަށެވެ.
[މިހާރު މިގުޅީ އެއްކަލަ ވާހަކަ ދައްކަންވެގެން. ރަނާ އަހަންނަށް އެހީތެރިވެދެއްޗޭ.] ވާސިލް ބުންޏެވެ.
[މައްސަލައެއް ނެތް. އަވަހަށް ބުނޭ.] ރަނާގެ ހިތް އަވަސްވިއެވެ.
[ދަންނަންތަ.....] އަނެއްކާވެސް ވާސިލް ފަސްޖެހޭގޮތްވިއެވެ. އަދިވެސް އޭނާ ޖެހިލުންވަނީއެވެ.
[ހާދަ ފިނޑިއޭދޯ. ދެންވެސް ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ.] ރަނާ ވާސިލާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.
[ބުނަންވީތަ؟ އަހަރެން ޤަބޫލުކުރަން، އަހަންނަކީ ފިނޑިއެއް ކަމަށް. އެކަމަކު މިފަހަރަކީ ބުނާފަހަރު. ވަރިހަމަ، ކޮންމެފަދަ ޖަވާބެއް ލިބުނަސް. ރަނާ، އަހަރެންގެ ހިތުގެ އަޑު، ރަނާގެ ހިތާ ހަމައަށް ފޯރުވައިދީފާނަންތަ؟] ވަރަށް ހިތްވަރުކޮށްފައި، ވާސިލް އޭނާގެ ހިތް ބަންޑުންކޮށްލިއެވެ.
ލިބުނު އުފަލާއެކު، ރަނާއަށް ބޭއިޚްތިޔާރުގައި އޭނާގެ މޭގައި އަތް ޖައްސާލެވުނެވެ.
[ވާސިލްގެ ހިތުގެ އަޑަކީ ކޮބައިތަ؟ އަވަހަށް އަހަންނާ ހަމައަށް ތިހިތުގެ އަޑު ފޯރުވައިދީ.] ރަނާގެ ހިތްވަނީ އަވަސްވެފައެވެ.
[ރަނާ.....އަހަރެންގެ ހިތް އެދި ގޮވަނީ ރަނާގެ ހިތްނޭދޭ ކަމެއް ކަމަށްވަނީނަމަ، ވަރަށް ބޮޑަށް މަޢާފަށް އެދެން. އެހެން ނަމަވެސް، މިފުރްޞަތުގައި އަހަރެން ހިތްވަރު ބަލިނުވާނަން. ރަނާ...ރަނާ ހީނުކުރާތި، އަހަންނަށް ރަނާ ފެނުނީ އަލަށޭ. އެއްގޮތަކަށްވެސް އެހެނެއް ނޫން. ރަނާ ވަރަށް ތުއްތު އިރުއްސުރެންވެސް އަހަރެންގެ ހިތް ރަނާގެ ޙަރަކާތްތަކަށް ޝައުޤުވެރިކަން ހުރޭ. އޭރު އަހަންނަކީވެސް ރަނާ ފަދައިން ކުޑަ ކުއްޖަކީމު. އޭރުގެ މައްސަލައަކީ ހިތުގައި އުފެދޭ ޝުޢޫރުތަކަށް ކިޔާނޭ ނަމެއް ނޭނގެނީ.] ވާސިލް ފުން ނޭވާއެއްލިއެވެ.
[މިހާރު ހިތުގައި އުފެދޭ ޝުޢޫރަށް ކިޔާނޭ ނަމެއް އެނގިއްޖެތަ؟] ވާސިލް މާ ފުން ޢިބާރާތުން ވާހަކަ ދައްކާތީ، ރަނާ ބޭނުންވީ ތިލަކޮށް ފެންމަތި ކުރާށެވެ.
[އާނ....މިހާރު އެނގިއްޖެ. ގިނަ ތަޖްރިބާކާރުންގެ ލަފާވެސް ހޯދައިފިން. އެހުރިހާ ފަރާތްތަކުންވެސް ބުނަނީ، އަހަންނަށް ރަނާދެކެ ލޯބިވެވުނީއޭ. ރަނާ ފެނުމުން، އަހަރެންގެ ހިތުގައި އުފެދެނީ ޢިޝްޤީ ޖަޒްބާތޭ. އެކަން ޚުދު އަހަރެންވެސް ޤަބޫލުކުރަން.] ވާސިލް ފުރްޞަތުގެ ބޭނުންކޮށް، އޭނާގެ ހުޝިޔާރުކަން ސާބިތު ކުރިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ބޮޑުކަމުން، ރަނާއަށް ބަސް ހުއްޓިފައި ހުރެވުނެވެ.
[ރަނާ....ހިތްހަމަނުޖެހުނީތަ؟] ރަނާގެ އަޑެއް ނީވި، އިރުކޮޅެއްވުމުން، ވާސިލް މާޔޫސްވިއެވެ.
[އުނހު....އަހަރެން މިހުރީ އުފަލުން ގޮސް ހަދާނޭ ގޮތް ހުސްވެފައި. ހިތަށްއަރާ، ދެންމެ އިވުނީ، ހަމަ ޙަޤީޤަތުގައިވެސް ވާސިލްގެ ހިތުގެ އަޑުބާއޭ. އެއީ ހިތުގެ އަޑު ކަމަށްވަނީނަމަ، އަހަންނަކީ މިދުނިޔޭގައި ހުރި އެންމެ ނަޞީބުވެރި އަންހެން ކުއްޖާ ކަމަށް އަހަރެން ޤަބޫލުކުރާނަން.] ރަނާ ހީވަނީ އުފަލުން ގޮސް އަވަދިވެދާނޭހެންނެވެ.
[އާނ....ރަނާ...މިއީ ހަމަ އަހަރެންގެ ހިތުގެ އަޑު. އަހަރެން ރަނާދެކެ ވަރަށް ލޯބިވަން، ޤަބޫލުކުރޭ،] ވާސިލްގެ އިޚްތިޔާރުން ބޭރުވިއެވެ.
އެދުވަހުގެ ފޯންކޯލް ނިމުމަކަށް އައީ، ރަނާގެ ލޯބީގެ ޙަޔާތަށް ވާސިލް، ވާސިލްގެ ލޯބީގެ ޙަޔާތަށް ރަނާގެ ނަން ލިޔެވި ރަޖިސްޓްރީވެ، ލޯބީގެ މައިދާނަށް ނިކުމެވުމަށްފަހުގައެވެ.
***************
* "ހުވާކޮށްފާ ބުނަން" ވާހަކަ އެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު