އައްޑޫ ސިޓީީ މަރަދޫ ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ: ރަސް)
އައްޑޫ ސިޓީީ މަރަދޫ ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ: ރަސް)
އެމްޓީސީސީ އާއި ބަނދަރު ހެދުން ފަދަ ޕްރޮޖެކްޓްތައް ހަވާލުކުރާއިރު ތިން ވަނަ ޕާޓީއަކުން އެކަން ބަލަންޖެހޭ ކަމަށް ސައިރިކްސްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ވެރިޔާ އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި މަގު ހެދުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް އެމްޓީސީސީ އާއި ހަވާލުކުރާއިރު ތިން ވަނަ ޕާޓީއަކުން އެކަން ބަލަންޖެހޭ ކަމަށެވެ. އެމަސައްކަތްތައް ކުރިއަށްދާ ގޮތް ތިން ވަނަ ފަރާތަކުން ނުބަލާނަމަ އެމަސައްކަތްތަކުގެ ފެންވަރެއް ނުހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

" ރާއްޖޭގެ ހަދަމުންދާ ބަނދަރުތަކާއި މަގުތައް ހަދާއިރު އެކަން ކުރަނީ ފެންވަރު ރަނގަަޅަށްތޯ ބަލާނެ ބަޔަކު ނެތިއްޔާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ޚަރަދުކޮށްގެން ހަދާ ތަންތަނުގެ ފެންވަރެއް ނުހުންނާނެ." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ބަނދަރުތައް ހަދާއިރު ބަނދަރުތަކަށް ކައިރިކުރަނީ މަސްވެރިންގެ ދޯނި ފަހަރު އެކަނި ކަމަށް ބަލައިގެންނުވާނެ ކަމަށެވެ. ބަނދަރުތަކަށް ލޯންޗާއި ސަފާރީ އާއި ޔޮޓާއި ކާގޯބޯޓްވެސް ކައިރިކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

" ބަނދަރު ބޭނުންކުރާ މީހުންގެ މާހާއުލަކީ ބަނދަރު ސަރަހައްދުކަމަށްވާތީ އުޅަނދު ފަހަރުން ބާލާ މުދާތައް ވަގުތީ ގޮތުން ބެހެއްޓޭނެ، ހިޔާ ކުރެވޭނެ ތަންތަންވެސް ހަދަންވާނެ" ޝަރީފް ޚިޔާލު ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގެ ތޮށިލުމާއި ބަނދަރު ހެދުމާއި މަގާއި ފާލަން ހެދުން ފަދަ ބޮޑެތި ތަރައްގީގެ މަސައްކަތް ތަކަކީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކޮށްގެން ނުވަތަ ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކުން ޚަރަދުކޮށްގެން ހަދާ ތަންތަން ކަމަށްވާއިރު އެތަންތަނަށް ކުރާ ހޭދައާއި އެއްވަރަށް އެތަންތަނުގެ ފެންވަރު ނުހުންނާތީ ބަނދަރާއި ތޮށްޓާއި ފާލަން އަހަރުން އަހަރަށް ހަދައި މަރާމާތު ކުރަން އަނެއްކާވެސް ހޭދަ ކުރަންޖެހުމަކީ އާންމު ކަމަކަށް ވެފައިވާއިރު ޝަރީފުގެ އެ ކަންބޮޑުވުމުގެ އެއް ސަބަބު ކަމުގައި އެއީ ކަމުގައި ބެލެވެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ތޮށިލުން ފަދަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން މިހާރު ވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އަދި މީގެތެރެއިން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ނިމިފައިވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން