އއ. މާޅޮހު ކައުންސިލް ބައި-އިލެކްޝަންގައި ވޯޓު ލާފައި ވަނީ، ވޯޓު ލެވޭ އާބާދީގެ 79.93 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން މިހާރު ނިމިފައި ވާއިރު، މި ވޯޓުގައި 20 އިންސައްތަ މީހުން ބައިވެރި ވެފައެއް ނުވެއެވެ.

ވޯޓު ލާފައި ވަނީ 213 ފިރިހެނުންނާއި 233 އަންހެނުންނެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 38.17 އިންސައްތަ ފިރިހެނުންނެވެ. އަދި 41.76 އިންސައްތަ އަންހެނުންނެވެ.

މާޅޮހު ކައުންސިލުން އަންހެނުންނަށް ޚާއްސަކުރާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ މި ބަައި-އިލެކްޝަންގައި 2 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަށް މާޅޮހު ސްކޫލާއި ދަރުބާރު ގޭގައެވެ.

މި ބައި-އިލެކްޝަންގައި 558 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން