ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމްތައް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ރައީސް ޔާމީންގެ ދަރިކަލުން، ޒޭން ޔާމީނަށް އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.
ޕާޓީ އުފެއްދުމަށް އީސީ އަށް ހުށައަޅަންޖެހޭ 3000 މެންބަރުންގެ ފޯމު ހުށައެޅުމަށް ދީފައިވާ 3 މަހުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.
ޕީއެންއެފް އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ފޯމު އީސީއަށް ހުށަހަޅާފައިވާއިރު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އީސީން މިހާރު ދަނީ ކުރަމުންނެވެ.
އެޕާޓީ އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ ކުރީގެ ޓެލެކޮމް މިނިސްޓަރ މަލީހް މީގެކުރިން ވިދާޅުވެފައިވަނީ، 3،000 މެންބަރުންގެ ފޯމު ހަމަވި ނަމަވެސް އީސީއަށް ހުށަހެޅުން ލަސްކުރަނީ ރައީސް ޔާމީން މިނިވަންވަންދެން ކަމަށެވެ.
ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން ފާއިތުވި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުން ތަކަކަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު