ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މިއަދު ވަނީ މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، އިފްހާމް ހުސެއިންއާއެކު އެ ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައެވެ.
މި ހަރަކާތުގައި ރައީސް ސޯލިހު ވަނީ އެ ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރީ ރޭގައެެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" މި ޝިއާރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު