ރޯދަމަހާއި ދިމާކޮށް އަލްބިޔާ މާރޓް ނަމުގައި އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ރޯދަމަހާއި ދިމާކޮށް އިއްޔެ ހުޅުވި "އަލްބިޔާ މާރޓް" ހުންނަނީ ކާމީނީމަގާއި ގުލާބީމަގު ގުޅޭ ކަންމަތީގައެެވެ.

އަލްބިޔާ މާރޓުން ރޯދަމަހަށް ގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ކޮސްމެޓިކްސްގެ ބާވަތްތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް ލިބެން ހުރެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ތަފާތު އެކި ބުއިންތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ވެސް އަތްފޯރާ އަގުގައި ލިބޭނެ ކަމަށް "އަލްބިޔާ މާރޓް" އިން ބުނެއެވެ.

"އަލްބިޔާ މާރޓް" ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އަކުން ފެށިގެން މެންދަމު 1 ޖަހަންދެންނެެވެ."ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަލްބިޔާ މާރޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ސާއިދު އަލި ދީދީ (މޫސާ ސާޢިދު) ވިދާޅުވީ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ހުރިހާ ބާވަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި އަލްބިޔާ މާރޓުން ވިއްކާ ހުރިހާ ބާވަތްތަކެއް ވެސް އެހެން ފިހާރަތަކަށާ ވުރެ ހެއު އަގުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން