އަހުމަދު ޔާމިން   22 މާރިޗު 2024 - 11:10
އެކުވެރިންނޭވެ! މިސްކިތަށް ވަންނައިރު އިމާމު މީހާ އޮތީ ސަޖިދާގައި ކަމުގައިވާނަމަ، އިމާމު މީހާ އަނެއް ރަކުޢަތަށް ތެދުވަންދެން ބައެއް މީހުން މަޑު ކުރާތަން ފެނެއެވެ. މިއީ ސުންނަތާ ޚިލާފު ގޮތެކެވެ.

އަދި ކިއެއްތަ! އެގޮތަށް މަޑުކުރާ މީހުންނަށް ޙަޤީޤަތުގައި އެ ގެއްލިގެން ދަނީ އެތައް އަޖުރެކެވެ. އެތައް ޒިކުރަކާ ދުޢާ ކުރާނެ ވަގުތެވެ.

ސަޖިދަ ކުރުމަކީ މާތް ﷲ ގެ ހަޒްރަތުގައި އަޅާގެ ދަރަޖަ އުފުލިގެން ދާނެ ކަމެއް ކަމަށް އައިސްފައިވެއެވެ.

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:

”ތިބާގެ މައްޗަށް ވަނީ ގިނަގިނައިން ﷲ އަށް ސަޖިދަ ކުރުމެވެ. އެހެނީ ހަމަކަށަވަރުން އެ ސަޖިދައަކާއެކު ﷲ ތިބާގެ ދަރަޖަ އުފުއްލަވާ، އަދި އެ ސަޖިދައަކާއެކު ތިބާގެ ކިބައިން ފާފަ ފުއްސަވާ (ހާލުގައި) މެނުވީ ތިބާ އެ އިލާހަށް ސަޖިދައެއް ނުކުރާނެއެވެ.“ صحيح مسلم

ސުންނަތް ގޮތަކީ އިމާމު މީހައާއެކު ލިބޭ ހިސާބަކުން އިމާމު މީހާއާއެކު ބައިވެރިވުމެވެ. ސަޖިދައިގައި އޮތްނަމަ ޙަރަމްބަން ތަކްބީރު ކިޔުމަށް ފަހު ސަޖިދާގައި ބައިވެރި ވާނީއެވެ. އައްތަޙިއްޔާތަށް އިންނަމަ އައްތަހިޔާތުގައި ވެސް ބައިވެރިވާނީއެވެ.

މާތް ވަގުތުތަކުގައި ކުރުން އެންމެ މޮޅުއިތުރު ވެގެންވާ އަޅުކަންތައްތަކީ ޤުރްއާނާއި ސުންނަތުގައި އެ ވަގުތުތަކުގައި ކުރުމަށް އަންގަވާ ބާރު އަޅުއްވާފައިވާ އަޅުކަންތަކެވެ.

އެގޮތުން ރޯދަމަހުގައި ރޯދަ ހިފުން ފިޔަވާ ދެން ކުރުން އެންމެ މޮޅުއިތުރު ވެގެންވާ އަޅުކަންތައްތަކީ ރޭއަޅުކަން ކުރުމާއި ޤުރްއާން ކިޔެވުމާއި މިސްކިތުގައި ގިނަވަގުތު މަޑުކުރުމާއި ޞަދަޤާތް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން