ޝުއައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނާ މުހާތަބުކުރައްވާ ވިދާޅުވިކަމަށް ހޫދު ސޫރަތުގެ 90 ވަނަ އާޔަތުގައި ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވެެއެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތަށް ފާފަ ފުއްސެވުން އެދި ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަަބައި މީހުން އެކަލާންގެއަށް ތައުބާވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާންގެއީ އެންމެ އޯގާވަންތަ ރަސްކަލާންގެއެވެ."
އެންމެހާ މުސްލިމުން އެ އެއްޗެއްގައި ހިފަންޖެހޭ ދެ މަސްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގައި އެންމެހާ މީސްތަކުން ތައުބާ ވުމަށް ވަނީ ގޮވާލާފައެވެ. އެހެންކަމުން ތައުބާވުމަކީ އަހަރެމެން ކޮންމެ މުސްލިމަކުވެސް ގިނަގިނައިން ކުރަން ޖެހޭ ކަމެކެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެެއެވެ. "އޭ މުއުމިނުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ އަށް ތައުބާވާށެވެ!. (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ"
މިއާޔަތުގައި މާތްﷲ އެންމެހާ މުއުމިނުންނަށް އަންގަވާފައި އެވަނީ ތައުބާވުމަށެވެ. އަދި ދިންނެވުން ގުޅިފައިވަނީވެސް ތައުބާއާކަން މިއާޔަތުން އެނގެއެވެ. ވިމާ ދިންނެވުން ލިބުން އޮތީ ﷲ ރުހިވޮޑިގެންނުވާ އެންމެހާ ކަންތައްތަކުން އެއްކިބާވެ ނަފްސު ތާހިރުކޮށްގެންނެވެ. ﷲ ގެ މަގަށް ރުޖޫއަ ވެގެންނެވެ.
އެހެންކަމުން މިއާޔަތުން އަހަރެމެންނަށް ބުނެދެނީ ކޮންމެ މުއުމިނަކީވެސް ތައުބާ ވާންޖެހޭ މީހެއް ކަމެެވެ. އަދި ތައުބާ ވާންޖެހޭ މީހުންނަށް "މުއުމިނުން" ގެ ސިފަ ދެވިފައިވާތީ އެއިން ޔަގީންކޮށްދެނީ ފާފައެއް ކުރެވުނަސް އެމީހާއަކީ ވަގުތުން ދީނުން ބޭރުވާނެ މީހެއް ނޫންކަމެވެ.

ކިޔުންތެރިންގެ ހިޔާލު