މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށްޓަކައި، އެމްޑީޕީން މަޖިލިސް މެޖޯރިޓީ ނަގަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މާރިޔާ ފާހަގަ ކުރެއްވި ގޮތުގައި، މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ދޭން ރައްޔިތުން ބޭނުން ވެއެވެ. އަދި ރައީސް މުއިއްޒު އަޒުލު ކުރަން ޖެހޭ ކަމަށް ރަށްރަށަށް ދިއުމުން މީހުން ބުނަމުން ދާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އާދެ ބައެއް ބޭފުޅުން ވިދާޅުވާނެ، ހޮވަނީ ފަސް އަހަރަށޭ، އެހެންވީމަ ފަސް އަހަރު ތިބެން ޖެހޭނޭ. އަޅުގަނޑުމެންވެސް ގަބޫލު ކުރާ ކަމެއް ނޫން، މަގުމަތިން މީހުން ވައްޓާލުމަކީ." މާރިޔާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ރައްޔިތުންނަށް ވެރިއަކު ކަމުނުގޮސްފިނަމަ ގާނޫނީ ގޮތުން ވެރިކަމުން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް އަޒުލު ކުރުމުގެ ގާނޫނު މަޖިލީހުން ފާސް ކުރުމުން، ކޮންމެ ރައީސްއަކު ވިޔަސް ވަކިވާނެ ކަމަށާއި، އެ ގާނޫނު އެގޮތަށް ފާސް ކޮށްފައި ވަނީ ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދޭން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެހެންވެސް މިފަހަރު ތިންބައިކުޅަ އެއްބައި މެޖޯރިތީ އެބަ ނަގަން ޖެހޭ. ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ. އެއީ މިއަދު ރައްޔިތުން ބޭނުންވާ ގޮތަކީ." މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން