މެދުއިރުމަތީގެ ހާލަތު ގޯސްވިޔަ ނުދިނުމަށް އިންޑިއާއިން އިރާނަށް ގޮވާލައިފިއެވެ.

މިހެން އިންޑިއާއިން ގޮވާލާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރް، އިރާންގެ ހާރިޖީ ވަޒީރު ހޮސެއިން އާމިރްއަބްދޮލަހިއަން އާއި ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާ ތަކެއްގައެވެ. އެބޭފުޅުން ވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ. އަދި ޖައިޝަންކަރް ވަނީ އިރާނުން ހިފަހައްޓާފައިވާ އާގުބޯޓު އެމް.އެސް.ސީ އޭރީޒްގައި ތިބި 17 އިންޑިއާ ފަޅުވެރިން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ.

އަދި މިޔާއެކު، ޖައިޝަންކަރް ވަނީ އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރައިލް ކަޓްޒް އަށް ވެސް ފޯނުން ގުޅުއްވައި ކަންބޮޑުވުންތައް ހިއްސާ ކުރަށްވާފައެވެ. އެބޭފުޅުން ވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ބޮޑު މަންޒަރާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ.

އިންޑިއާއިން ވަނީ ކުރިންވެސް މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މެދުއިރުމަތީގައި އިންޑިއާގެ ގިނަ ރައްޔިތުން މަސައްކަތް ކުރަމުންދާތީ އިންޑިއާއިން ދަނީ އެ ސަރަހައްދުގައި ހިނގާ ކަންކަން ގާތުން ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން