އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި އެކަން ރައްޔިތުންނަށް ދައްކަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީީގައި ބޭއްވި މަޖިލިސް ކެމްޕޭން ހަަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެއީ 2080 އެނދުގެ މަޝްރޫއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ވާހަކަ އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރު އެ މަޝްރޫއުގެ ވާހަކަ ދައްކަން ފެށި ކަމަށެވެ. އެކަމަކު އެކަމެއް ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމަލީ ގޮތުން އެކަން ކުރާނީ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ވާހަކައެއްގެ ގޮތުގައި ތަރައްގީއެއް ނުބާއްވާނެއޭ. އެހެންވީމާ ހަންކެޑެ މަޝްރޫއު ލޮަލަށް ފެނިވަޑައިގަންނަވާ ގޮތަށް 2080 ބެޑުގެ މަޝްރޫއު ފެށިގެން ދިޔައި 1980 ވަރަކަށް ސީދާ ވަޒީފާ އުފެދިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ހަންކެޑެ ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފައިވާ އިރު މިރޭ އެ މަޝްރޫއު ލޯންޗުކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން