ޒަހީނުއްދީން ސަޢީދު   6 އޯގަސްޓު 2020 - 15:20
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުން
ފުލުހުންގެ ތެރެއިން 93 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން 56 މީހަކަށް އަދިވެސް ފަރުވާދެމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންގެ ތެރެއިން މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 37 މީހުންނެވެ.



ރާއްޖޭގައި ހަލުވިކަމާއެކު، ކޯވިޑް-19 ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ އެކުގައި ފުލުހުންގެ ލީޑަޝިޕާއި ވަސީލަތްތަކާއި އެހީތެރިކަން ގައުމަށް ލިބިގެންދާނެ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ. ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ.

މާލެއާއި އަތޮޅު ތަކުގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން