ޢަބްދުﷲ ރިފާއު (ބޮޗޭ) އޭ ދެންނެވުމުން އެއީ ކޮން ބޭފުޅެއްކަން މާލޭގެ ރައްޔިތުންނަށް އޮޅިވަޑައެއް ނުގަންބަވާނެއެވެ. ހަމަ ޔަގީނުން ވެސް މާފަންނު ދެކުނު ދާއިރާއަށް ބޮޗޭ އަކީ އާ ބޭފުޅަކަށް ނުވާނެއެވެ. އެއީ ބޮޗޭ އަކީ މާފަންނު ދެކުނަށް އުފަން އެންމެންނާއި ވެސް ގުޅޭ އެކުވެރި ބޭފުޅަކަށްވާތީއެެވެ.
ބޮޗޭ މީގެކުރިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޚާއްސަކޮށް ކުރީގެ ރައީސް ޔާމީނާއެކު ސިޔާސީ ކަންކަމުގައި ގާތުން މަސައްކަތް ކުރައްވައިފައެވެ. ބޮޗޭ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެކަމަކު، ޕާޓީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕީޕީއެމް އުފެއްދުމުން އެ ޕާޓީގައި އޭނާ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ. ބޮޗޭ ވަނީ ރައީސް މުޢިއްޒު ވެރިކަމަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަށްވާފައެވެ.
ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަބަދުވެސް ހުންނަވަން ބޭނުންފުޅުވާ ޢަބްދު ﷲ ރިފާއު (ބޮޗޭ) މިހާރު މާފަންނު ދެކުނު ދާއިރާއަށް މިފަހަރު ކުރިމަތިލައްވަނީ ވަރަށް ބޮޑު ތަސައްވަރެއް ހަގީގަތަކަށް ހަދައިދިނުމުގެ މަތިވެރި އަޒުމުގައެވެ.
2014 ވަނަ އަހަރު 18 ވަނަ މަޖިލިހުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޮޗޭ ފާހަގަކުރެވިގެން ގޮސްފަައިވަނީ ހިންގުންތެރި ރަައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެެ. އެގޮތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ބޮޗޭ ވަނީ އިންޑޮނޭޝިއާ، ޖަޕާން، ސްރީލަންކާ، ނޭޕާލް، ސްވިޒަލެންޑް ފަދަ ގައުމުތަކުގައި ބޭއްވި ކޮންފަރެންސްތަކުގައިވެސް ބައިވެރިވެ ވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާފައެވެ. އަދި އެދައުރުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ގިނަ މަސައްކަތް ބޮޗޭ ކުރެއްވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި ފަސް އަހަރުގެ ތެރޭގައި އެ ދާއިރާގައި ދިރިއުޅޭ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަޖައްސާލަން ޕާކެއް ހެއްދެވިއެެވެ. ދާއިރާގައި ހިމެނޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުގައި އެދިގެން އެކަން ކާމިޔާބު ކުރައްވަން ވެސް ބޮޗޭ މަސައްކަތް ކުރަށްވާފައިވާއިރު ކުރިން މާލޭގައި ހުރި ހާބަރު ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޑް ކޯޓެއްގެ ގޮތުގައި ގެނައުމަށް ކުރި މަސައްކަތުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެެ.
އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ފޯރަމް އޮފް ޔަންގް ޕާލަމެންޓޭރިއަންސްގެ ބޯޑް މެމްބަރުކަން ބޮޗޭ ކުރެއްވިއިރު ސަރުކާރުން ދެއްވާ ޒުވާނުންގެ އެވޯޑް ވެސް ބޮޗޭ ވަނީ ހާސިލް ކުރައްވާފައެވެ. ބޮޗޭ އަކީ ބިޒްނަސް އެންޑް ފިނޭންސް ދާއިރާ އިން ބެޗްލާސް އަދި އެޑިއުކޭޝަން ގައިޑަންސް އެންޑް ކައުންސެލިން ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުން ސަރުކާރުގެ ވަޒީފާ އަށް ނިކުންނެވި ބޮޗޭ ވަނީ 15 އަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. ސަރުކާރަށް ޚިދުމަތް ކުރެއްވި މުއްދަތުގެތެރޭގައި ބޮޗޭ އަކީ ގާބިލް ބޭފުޅެއްކަން އޭނާ ވަނީ ރަައްޔިތުންނަށް ސާބިތުކޮށްދެއްވާފައެވެ.
"ދިވެހިންގެ ރާއްޖެ"އަށް ދިވެހިން ގެންދިއުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާ އެކުގައި ޢަބްދު ﷲ ރިފާއު (ބޮޗޭ) މިއަދު ނިކުމެ ހުންނެވީ ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޢަބްދު ﷲ ރިފާއު (ބޮޗޭ) ވިދާޅުވީ މަޖިލިހަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން މާލޭގެ ދާއިރާއަކަށް އުފަން، އެ ދާއިރާގައި އުޅެ ބޮޑުވެ ދާއިރާގެ ދަރިއެއްގެ ގޮތުގައި މަޖިލީހަށް ނުކުމެވަޑައިގަތީ އޭނާ ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ ހާލަތު އޭނާއަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ތަޢުލީމީ ގާބިލް ބޭފުޅަކު ދާއިރާ އަށް ވާދަ ނުކުރަށްވާ ކަމަށް ބޮޗޭ ވިދާޅުވިއެވެ. އަދި މަޖިލީހަށް ކުރިމަތިލައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި ރައްޔިތުންނަށް ނަމޫނާ ދެއްކެވިފައި ހުންނެވުމުން ކަމުގައިވެސް ބޮޗޭ ވިދާޅުވިއެވެ.
ބޮޗޭގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. ހުދު، މާފަންނު ދެކުނު ދާއިރާއަކީ ވެސް އިންތިހާ އަށް ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ދާއިރާއަކަށް ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެކަން ހައްލުކޮށްދެވޭނެ ކަމަށް ބޮޗޭ ގަބޫލުކުރަށްވައެެވެ. އެހެން ނަމަވެސް އެކަން ހަގީގަތަކަށް ހެދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކަމަށް އެހީތެރިވެދޭނެ މެމްބަރުންތަކެއް މަޖިލީހަށް ހޮވިގެން ކަމަށް ބޮޗޭ ވިދާޅުވިއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ބޮޗޭ ވިފާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންފި ނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓާއި ގޯތި ލިބުނު މީހުންނަށް އެކަން ހަމަޖައްސައިދިނުމަށް މަޖިލީހުގެ ތެރެއިން ސަރުކާރާ ގުޅިގެން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ބޮޗޭ ވިދާޅުވީ ބޯހިޔާވަހިކަން ގިންތި ކުރުމުގެ ގާނޫނެއް މިހާރު ނެތް ކަމަށާއި އެހެންކަމުން އެކަމަށް ގާނޫނެއް އެކުލަވާލުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެގޮތުން އެފަދަ ގާނޫނެއް ނެތުމުން ބޯހިޔާވަހިކަން ލިބެންޖެހޭ އެތައް ބަޔަކަށް ބޯހިޔާވަހިކަން ނުލިބި އެބަތިބިކަން ބޮޗޭ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލަން ނިންމާފައިވާ ކަމަށާއި އެއީ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށެވެ. ބޮޗޭ ވިދާޅުވިގޮތުގައި ބޯހިޔާވަހިކަން ގިންތި ކުރާ ގާނޫނާއެކު ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް އެދެން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށެވެ.
"އެމީހެއްގެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލައި ކެޓަގަރީ ތަކެއްގެ ލިވިން އަކަށް އެމީހަކު ކޮލިފައި ވާނެ ނިޒާމެއް ގާއިމް ކުރެވިއްޖެ ކަމަށްވާނަމަ އެންމެ ނިކަމެތި މީހާ އަށް ފުރުސަތު ތަނަވަސް ވެގެންދާނެ ގާނޫނީ ގޮތުން، އެއާއެކު ކޮންމެ ފަހަރަކު މިޖެހެނީ ބޯހިޔާވަހި ކަމަށް ކުރިމަތިލާން ކުރިމަތިލާ ކޮންމެ ފަހަރަކު ވަރަށް ބައިވަރު ޑޮކިއުމަންޓްތައް އެބަ އެއްކުރަންޖެހޭ. އެހެން ނަމަވެސް މި ދަފްތަރަކީ ގާނޫނީ ބާރުވެރިކަން ލިބިފައިވާ ދަފްތަރަކަށް ހެދިއްޖެ ކަމަށް ވައްޏާ ކޮންމެ ފަހަރަކު ކުރިމަތިލާކަށް ނުޖެހޭނެ. މިއިން އަބަދުވެސް ފެންނަމުންދާނެ އޭނާ މިހާރު އިނީ ކިހާ ހިސާބެއްގައިކަން، ބޯހިޔާވަހިކަމުގެ ކިޔުގެ ތެރެއިން." ބޮޗޭ ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގެ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައިގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރަށްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންގެ ތެރޭގައި އެއްގޮތަކަށް ވެސް ވަޒީފާ އަދާކުރަން ބޭނުންނުވާ ބައެއް މީހުން އެބަތިބި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ކަމަށް ބޮޗޭ ވިދާޅުވިއެވެ.
ބޮޗޭ މިފަހަރުވެސް މާފަންނު ދެކުނަށް ކުރިމަތިލައްވަނީ ކުރީފަހަރުގެ ނަތީޖާ އަށް ބަލައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވާށެވެ. ބޮޗޭ އެދިވަޑައިގަންނަވަނީ ރައްޔިތުން އޭނާ އަށް ކުރި އިތުބާރުގެ މަތީގައި ދެމިތިބެ އޭނާއަށް ވޯޓް ދެއްވުމަށެވެ.
"އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެކީގައި ގާތުން، އޭރުގައި އެ ކުރި މަސައްކަތަށް ވުރެ އަދި ދެ ގުނަ ރަނގަޅު މަސައްކަތްތަކެއް ތިޔަބޭފުޅުންނަށް ފެނިގެންދާނެ." ބޮޗޭ ވިދާޅުވިއެވެ.

Mifaharu Maafannu Dhekunah hovanvee Dhaairaa ah nisbaiy vaa dhaairaage dhaireh! Yageenunges dhaairaa rayyithunge haggugai adu ufulaane, vakaalaathu kuraane! Dhaairaa ah ufan dhaairaage dharieh!#Bochey2024#TeamBochey#DhenvesBochey#DhiveheengeRaajje pic.twitter.com/y8Dm68URIe
— Hussain Farish (@huzzainfarish) April 18, 2024

ކިޔުންތެރިންގެ ހިޔާލު