އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރިއަށް އޮތީ ބަނަދުވަސް ތަކެއް ކަމަށް ޕީއެންސީ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެ ޕާޓީން ކަނޑައަޅާފައިވާ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ އެމްޑީޕީއަށް ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށާއި އެޕާޓީއަށް ކުރެވުނު ކަމަކީ މަޖިލީހުން ފާސްކޮށް ފައިސާ ޗާޕްކުރުން އެކަނި ކަމަށެވެ. ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ރައީސް މުޢިއްޒަށް ދަތިކުރަމުންދާ ކަމަށެވެެ.

އެގޮތުން އެމްޑީޕީގައި އޮތީ ރައީސް އަޒަލު ކުރުމާއި ބަދަލު ހިފުމުގެ ރޫހު އެކަނި ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ސިޔާސަތެއް މެނިފެސްޓޯ އެއް ނެތް ކަމަށެވެ.

"ހަގީގަތުގައި އެބޭފުޅުންގެ އެއްވެސް ކަހަލަ ސިޔާސަތުތަކެއް އެއްވެސް ކަހަލަ މެނިފެސްޓޯ އެއް އަދި އެއްވެސް ކަހަލަ ސިސްޓަމެއް ނެތްކަން ނިޒާމެއްގެ ތެރެއިން މިކަން ކަން ކުރެވެމުން ނުދާކަން އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ. މިފަދަ ގޮތަކަށް މެމްބަރުން މަޖިލީހަށް ހޮވިވަވަޑައިގެންފިނަމަ މި ގައުމު ހަލަބޮލި ކުރުމާއި ގައުމަށް އޮތް ބަނަ ދުވަސްތަކަށް ވެގެން ހިގައިދާނެ." ހީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން