މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާ ގުޅިގެން ޝަކުވާގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ހޮޓްލައިންއެއް އެމްޑީޕީން ތައާރްފްކޮށްފި އެވެ.
އެގޮތުން އިންތިހާބާ ބެހޭ ޝަކުވާ 7391637 އަށް ގުޅުއްވައިހެން ހުށަހެޅޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ މިހާާރުވެސް ބޮޑެތި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެމްޑީޕީން އާންމުކުރި ޝަކުވާތަކުގައި ބޮޑެތި ތުހުމަތުތަލެއް ކޮށްފައި ވެއެވެ.
ނަމަވެސް އޭގެ ތެދު ދޮގެއް "ރަސް" އަށް ކަށަވަރެއް ނުވެއެވެ.
މިއަދު ހެނދުނު އަށެއް ޖެހިއިރު ވޯޓުލުން ފެށިއިރު ހަވީރު 05:30 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ.
ވޯޓުފޮށި ބަންދުކުރާތާ 30 މިނެޓް ތެރޭ ފޮށިތައް ގުނަން ފަށާނެއެވެ.
މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން 368 ކެނޑިޑޭޓުން ވާދަކުރައްވާއިރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފަހަރު 283،663 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ. އެއީ 139،361 އަންހެނުންނާްއެކު 145،302 ފިރިހެނުން ނެވެ.
މި ފަހަރުގެ އިންތިހާބުގައި 93 ދާއިރާއަަކަށް ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަކަށް ޥޯޓުލައި ނިންމަން އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު