ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު މިއަދުގެ 12 ޖެހުމާ ހަމައަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ 32 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އީސީގެ ހިސާބުތަކުން ދައްކާގޮތުގައި 12 ޖެހުމާ ހަމައަށް 93224 މީހުން ވޯޓުލާފައިވެ އެވެ. އެއީ 41980 އަންހެނުންނާއި 51244 ފިރިހެނުންނެވެ.
އެހެންކަމުން އަދިވެސް ވޯޓު ނުލައި 191،439 މީހުން އެބަތިއްބެވެ. އެއީ 67.25 އިންސައްތަ މީހުންނެވެ.
މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިއަދު ހަވީރު 17:30 އަށެވެ.
މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.
އީސީން ވަނީ ހުރިހާ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު