ވޯޓުލާން ހުރަސްއެޅި ދެމީހަކާއި ވޯޓު ކަރުދާސް ދެއްކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ އިންތިޚާބީ ކުށްތަކާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ދެ މީހުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދުގެ ވޯޓުލުން ޢާއްމުގޮތެއްގައި ކުރިއަށްދަނީ އަމާންކަމާއެކު ކަމަށް އީސީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދާއިރާތަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން