ކުރިއަށް އޮތް އަލްޙާ އީދާއި ގުޅުވައިގެން އުޟްހިއްޔާ ކަތިލުމަށްޓަކައި 15 ބަކަރި ހޯދަން ބޭނުންވެގެން ނައިފަރު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 އިން ފެށިގެން 24 އާއި ދެމެދު ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެކަމަށެވެ.

އަދި ބީލަން ހުށަހެޅުން އޮތީ މި މަހުގެ 27 ވަނަ ދުވަހުގެ 13:00 ގައެވެ.

އުޟްހިޔާ ކަތިލުމަށް ބަކަރިގަތުމަށް ނައިފަރު ކައުންސިލުން އިއުލާނު ކޮށްފައިވާއިރު މިއީ ކައުންސިލްތަކުން އާންމުގޮތެއްގައި ކުރާކަމެއްކަމަކަށް ފާހަގަވެފައިވާ ކަމެއް ނޫނެވެ.

ނަމަވެސް މިއީ ރާއްޖޭގެ ބައެއް މަދު ކައުންސިލްތަކުން މިހާރު އިސްނަގައިގެން ކުރަމުން އަންނަ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން