ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ދެވަނަ ބުރެއް ފަށަން ނިންމައިފި އެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބެޗު މިދިޔަ ފެބްރުއަރީ މަހު ވަނީ ބާއްވައިފަ އެވެ.

ގއ. ގެމަނަފުށީގައި ފެށި އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 ޒުވާނަކު ބައިވެރިވި އިރު 57 ޚަތީބަކަށް ވަނީ އެ ކޯސް ފުރިހަމަކޮށްގެން ޚަތީބުކަމުގެ ހުއްދަ ދީފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ޚަޠީބު ޓްރެެއިނިންގ ދެވަނަ ބުރު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭގައި 700 އިމާމުން ތަމްރީނު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން