މި އަހަރުގެ އަޟްޙާ ޢީދު ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ 3 ރަށް އިއުލާނުކޮށްފިއެވެ.

ސަގާފަތާއި ބެހޭ މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އީދު ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ރާއްޖޭގެ މެދުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ގައި ކަމަށެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރަން ނިންމާ ސަރުކަރުންވަނީ އެކަމަށް އެދޭ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަށްތައް ކަނޑައަޅާފައިވަނީ އެ ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވާ ރަށްރަށަށް ބަލައިގެންކަމަށް މިނިސްޓްރީން ބުނެއެވެ.

މިފަހަރު ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެ ތެރެއިން ރަށްރަށް ހޮވުމުގައި އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެރަށަކުން ކުރާނެ ކަންތައްތަކަށް އަދި މެހުމާނުންނަށް ކަންކަން ހަމަޖެއްސުމުގައި ހުރި ފަސޭހަތަކަށް ބަލާފައިވާނޭކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން