މި ފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބޭފުޅުންގެ ތެރެއިން އެންމެ އިސް ވެރިއެއްގެ ގޮތުގައި ވަޑައިގެންނެވި އަމީރުލް ހައްޖު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދިވެހި ހައްޖާޖީންނާ ބައްދަލު ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ހައްޖާޖީންނާ ބައްދަލު ކުރެއްވީ މައްކާގަ އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ހައްޖާޖީންނާ ބައްދަލު ކުރެއްވީ އެ ބޭފުޅުން ތިއްބަވާ ހޮޓަލަށް ޒިޔާރަތް ކުރައްވައި ކަމަށެވެ.
މި ފަހަރު ހައްޖަށް ދިޔަ މީހުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެއެވެ.
މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ހައްޖަށްދިޔައެވެ. މިއީ 2015 އިގެ ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ފަހަރެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު