އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓް ގެއްލުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި، ނަމަވެސް ގުޅިގެން މަސައްކަތް ކޮށްފިނަމަ އަރައިގަނެވޭނެ ކަމަށް އިނަ މޯލްޑިވްސްގެ ފައުންޑާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެެ.

އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދިޔައީ ރާއްޖެއަށް އެ ގައުމުގެ ފަތުރުވެރިން އައުން ހުއްޓާލުމަށް ގޮވާލާ މި އަހަަރުގެ ކުރީކޮޅު ކުރި ވަރުގަދަ ބޮއިކަޓް ކެމްޕޭންގެ ސަބަބުން ނެވެ.

ހަމަ އެހެންމެ ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެ މައްސަލަ އިތުރަށް ގޯސްވެ އިންޑިއާގެ ބައެއް ޓްރެވަލް އެޖެންސީތަކުން ރާއްޖެއަށް ބުކިންގ ހެދުން ވެސް ހުއްޓާލި އެވެ.

އާންމުކޮށް ރާއްޖޭގެ އޮފް ސީޒަންގައި އިންޑިއާގެ ފަތުރުވެރިން އަންނައިރު މި ފަހަރު އޮފް ސީޒަންގައި އިންޑިއާގެ ފަތުރުވެރިން ނާންނާތީ އޭގެ ގެއްލުން ވާނެ ކަމަށް ސިފަކުރަށްވައި ފިރާގު މީގެ ކުރިން ވަނީ މީސް މީޑިޔާގައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރަށްވާފައެވެ.

އެކަމާ ގުޅިގެން އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ފިރާގު ފޭސްބުކްގައި ވިދާޅުވީ އަޅުގަނޑު މެން ލަފާނުކުރެވޭ މައްސަލަތަކާއި އޮޅުންބޮޅުންތަކުގެ ސަބަބުން މިއަހަރު އިންޑިއާގެ މާކެޓް ގެއްލުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑަށް ޔަގީން، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އަޅުގަނޑުމެންނަށް މިއަޑިގަނޑުން އަރައިގަނެ ރަނގަޅުކުރެވޭނެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ، ފުރިފައި ނުވަތަ ވިކިފައި ނުވާ ރޫމް ނައިޓެއް އަދި ނުވިކި ވާ ފްލައިޓް ސީޓެއްގެ ގެއްލުނު އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމެވެ. ޕްރޮއެކްޓިވްކޮށް މަސަތްކަތް ކޮށް ހައްލުކޮށް، އޮކިއުޕެންސީއާއި ފައިދާ އެންމެ ބޮޑުކުރުމަށްޓަކައި ސްޓްރެޓެޖީތައް އޮޕްޓިމައިޒް ކުރަންޖެހެއެވެ. އެމް އެމް ޕީ އާރު ސީ މުޅި އިންޑަސް ޓްރީ އާއެކު އަވަސް ފިޔަވަޅު ތަކެއް އަޅަމާ ހިންގަވާށެވެ." ފިރާގު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން