މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
އާދީއްތަ ދުވަހު ފާހަގަކުރާ އަޟްޙާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެދުވަހު ހަވީރު މާލެ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ނުދުއްވާ ގޮތަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ސްޓީކާ ދޫކުރަން ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހު 14:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން