ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާން ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް ކޭޓް މިޑިލްޓަން އާންމުންނަށް ފެނިލައިފިއެވެ.

މާރިޗް މަހު ކެންސަރު ޖެހިފައިވާކަން އިއުލާން ކުރި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޕްރިންސެސް އޮފް ވޭލްސް ވަނީ ކީމޯތެރަޕީ ދިނުމުން އޭނާއަށް ފަސޭހަފުޅު ކަމުގެ އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެންނަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން މިދަނީ، އެކަމަކު ކީމޯތެރަޕީއަށް ދާ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން، ރަނގަޅު ދުވަސްތަކާއި ނުބައި ދުވަސްތަކެއް ވެސް އެބަހުރި،" ކޭޓް ވިދާޅުވެދެއްވި އެވެ.

ކޭޓް ވިދާޅުވީ ފަރުވާ މިހާރުވެސް ކުރިއަށްދާ ކަމަށާއި އިތުރު ދެތިން މަސް ދުވަހަށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ޖެހިދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން