ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލިއްޕޭއަށް އަރުއްވައިފި އެވެ.

ސަފީރު ގީލާ ޢަލީގެ ސަފީރު ކަމުގެ ފަތްކޮޅު ރަސްގެފާނު ފިލިއްޕޭއަށް އަރުވާފައިވަނީ މިއަދު އެގައުމުގެ ޝާހީ ގަނޑުވަރު، ބްރަސެލްސްގެ ޗެޓޫ ޑި ލެކެންގައި އޮތް ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްގެފާނު ފިލިޕް ވަނީ ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން ސަފީރު ގީލާއަށް ހޫނު މަރުހަބާ އެެއް ވިދާޅުވެފައެވެ.



ގީލާ ވަނީ އެކަމަނާއަށް ދެއްނެވި ހޫނު މަރްޙަބާއަށް ޝުކުރު އަދާކުރައްވައި، ބެލްޖިއަމްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ދިވެހި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަެްދުކުރައްވާފައެވެ.

ސަފީރު ގީލާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަން ފަދަ އެއް މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނު ފިލިޕްޕޭއަށް އަރުވާފައެވެ.

ސަފީރު ގީލާ އަކީ ރާއްޖޭގެ ސިއްހަތާއި ހާރިޖީ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަނބަލެކެެވެ.

މި ރަސްމިއްޔާތުގައި ސަފީރު ގީލާގެ އަރިހުގައި ފަސްޓް ސެކްރެޓަރީ މުޙަންމަދު ޝައްފާޢު އިބްރާހީމާއި ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން