ދަރިން ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަކީ އެއްވެސް މަރުހަލާއެއްގައި ފަސޭހަ ކަމެއް ނޫނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ކުދިންގެ އަހުލާގަށާއި މިޒާޖަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކުން މައިންބަފައިން އިބްރަތް ލިބިގަނެ އެކަންތައް ތަކުރާރު ނުކޮށްވޭތޯ ބަލުމަކީ ނުހަނު މުހިއްމުކަމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި މާ ބޮޑަށް ހަރުކަށި ވުމަކީ އޭގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ކުދިން ތަރުބިއްޔަތު ކުރާއިރު ހަރުކަށިވާން ޖެހޭ ހާލަތްތައްވެސް އަންނާނެއެވެ. އަދި އަޑު ހަރުކޮށް ބަސް ބުނަން ޖެހޭ ފަދަ ކަންކަންވެސް ދިމާވާނެއެވެ. ނަމަވެސް ދަރިންނަށް މާ ބޮޑަށް ހަރުކަށިވުމަކީ އެކުދިންނާއި މައިންބަފައިންނާ މެދު އޮންނަ ގުޅުމަށް ބުރޫ އަރާ ކަމެކެވެ. އަދި އެކުދިންގެ މިޒާޖަށާއި އުޅުމަށް ބަދަލު ގެނުވާނެ ކަމެއްވެސް މެއެވެ.
ތިމާގެ ދަރިންނާއި އެހެން ކުދިންނާ އަޅުވާކިޔުމަކީވެސް އޭގެ ސަބަބުން އެކުދިންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން މެދުވެރިވާ ސަބަބެކެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އަދި ކޮންމެ ކުއްޖެއްގެ ގައިގައިވެސް ހުންނާނީ ތަފާތު ހުނަރު ތަކެކެވެ. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށެވެ، އަދި އެކި ކުދިންގެ ގާބިލިއްޔަތުކަން ހުންނާނީވެސް އެކި ވަރަށެވެ. އެހެންކަމުން ތިމާގެ ދަރިންނާ އެހެން ކުދިންނާ އަޅުވާ ކިޔުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.
ދަރިންނަށް ކުރެވޭ ކޮންމެ ކުށެއްގައި އަޑުހަރުކޮށް ބަސް ބުނެ ހަރުކަށި އަދަބު ދިނުމަކީވެސް އެެކުދިންގެ މިޒާޖައް ބަދަލު އައުމަށް މެދުވެރިވާ ސަބަބެކެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު އަޑު ހަރުކޮށް މުއާމަލާތު ކުރަންޖެހޭ ފަހަރު އަންނާނެއެވެ. ނަމަވެސް އެކުދިންނަށް ކުރެވޭ ކޮންމެ ކުށަކަށް އަޑުހަރުކޮށް ބަސްބުނެ ހަރުކަށި އަދަބު ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެގޮތައް ކަންތައް ކުރާނަމަ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރު ކުރެއެވެ.
ދަރިން ކުރާ ކޮންމެ ކަމެއްގައި އެކުދިންނަށް ފާޑު ކިޔުމަކީވެސް އެކަމުގެ ސަބަބުން ކުައްޖާއަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ދަރިންނާ ހަވާލު ކުރެވޭ ކަންކަން ކުރުމުގައި ނުވަތަ އެކުދިންގެ އުޅުމުގައި ތިމާއާ ތަފާތު ގޮތްތަކެއް ހުރެދާނެއެވެ. ނަމަވެސް އެއިން ކޮންމެ ކަމަކަށް ފާޑު ކިޔަން ވެއްޖެނަމަ ކުއްޖާ އޭނާގެ އަމިއްލަ ނަފްސައް ކުރާ އިތުބާރު ކުޑަވެގެން ދާނެއެވެ.
ތިމާގެ ދަރިން ވާހަކަ ދައްކާއިރު އެކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުންވެސް ދަރިންނަށް އަސަރު ކުރެއެވެ. ދަރިން ވާހަކަ ދައްކާއިރު އެ ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭނަމަ ދަރިންނަށް އެމީހުން ދައްކާ ވާހަކަ ތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށް ހީކުރެވެއެވެ. އަދި މީގެ ސަބަބުން ދަރިންނަށް އެކުދިންނަކީ ބޭކާރު ބައެއް ކަމަށް އިހުސާސްކުރެވެއެވެ.
ދަރިން ބޮޑުވަމުން އަންނައިރު އެކުދިންނާއެކު ވަގުތު ހޭދަ ނުކުރުމަކީވެސް އެކަމުގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އަދި މިއީ ދަރިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުވެސް މެއެވެ. ދަރީންނާއި މައިންބަފައިންނާއި އޮންނަ ގުޅުން ހީނަރު ކަމަށްވާނަމަ ދަރީންނަށް ނުރައްކާތެރި ކަމެއް ދިމާވިނަމަވެސް އެކުދީންނަށް އެކަމުގެ ވާހަކަ މައިންބަފައިންނާ ހިއްސާކުރަން ޖެހިލުންވާނެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކުން އިބްރަތް ހާސިލު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. އަދި އެކަންތައް އިތުރަށް ތަކުރާރު ނުކުރުމަށް މަސަތްކަތްވެސް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު