މިދިޔަ މަހުވެސް ބޭސް ފަރުވާއަށް ޒަކާތު ފަންޑުން ނުވަ ލައްކައެއްހާ ރުފިޔާގެ އެހީ ދީފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ވަނީ 107 މީހެއްގެ ބޭސް ފަރުވާއަށް ފައިސާ ދޫކޮށްފަ އެވެ. އެގޮތުން ޖުމްލަ 870،957.53 ރުފިޔާ ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ފައިސާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައި ވަނީ ކެންސަރުގެ ފަރުވާއަށެވެ. އެއީ 262،911 ރުފިޔާ އެވެ. ދެވަނައަަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެއީ 124،880 ރުފިޔާއެވެ. އެއަށް ފަހު ތިން ވަނައަށް އެންމެ ގިނައިން ފައިސާ ދޫކުރީ ކިޑްނީ ބަލިތަކަަށެވެ. އެއީ 97،531 ރުފިޔާގެ އެވެ.
އޭގެ އިތުރުން ހިތުގެ އޮޕަރޭޝަނަށް 36،164 ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 322،327 ރުފިޔާ ދޫކޮށްފައި ވެއެވެ.
މިދިޔަ މޭ މަހު ބޭސް ފަރުވާއަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން 1.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު