ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އެމަޝްރޫޢުގެ ދަށުން އައު ރަންވޭއަކާއި، އައު ސީ ޕްލޭން ޓަރމިނަލަކާއި، އައު ޕެސެންޖަރ ޓަރމިނަލެއްގެ އިތުރުން ވީއައިީޕީ ޓަރމިނަލެއް ޤާއިމްކުރެވިގެންދާނެއެވެ. މިމަސައްކަތުގެ ތެރެއިން ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ތަރައްޤީއަކީ ގިނަ ބަޔަކު ބަލައިގަންނަ ތަރައްޤީއެކެވެ. އެއީ އެކަމުގެ ސަަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވާނެ ފައިދާތައް ބޮޑުކަމުންނެވެ. މީގެކުރިން އިންޑިއާގެ ޖީއެމްއާރު ނަމަކަށްކިޔާ ކުންފުންޏަކާވެސް އެއަރޕޯޓް ހަވާލުކުރިއެވެ. ވީކަމެއް ހަމަ ހަރާމެވެ. ހަގީގަތުގައި އެކުންފުންޏަށް ދިނީ އެއަރޕޯރޓް ތަރައްގީ ކުރާކަށް ނޫނެވެ. އެއަރޕޯރޓް ހިންގާށެވެ. ނޫނީ ތަރައްގީ ކޮށްފައި އޮތް އެއަރޕޯރޓެއްގައި ކުލަކޮށްލައިގެން ވަގުތީ ގޮތުން ތަންތަން ހަދާލައިގެން އެކުންފުންޏަށް ލިބެން އޮތް މަންފާއެއް ހޯދުމަށް ކަހަލަ ގޮތަކަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ވަނީ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ.
ރަނގަޅު ވާހަކައެކެވެ. ބޮޑެތި ލޯނު ނަގައިގެންނެވެ. ބްރިޖް ހަދައިދިން ޗައިނާގެ ލޯނުން ތަރައްގީކުރާ އެއްތަނަކީ މި އެއަރޕޯރޓެވެ. އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ ބިޔަ ރަންވޭއެއް އަޅާލާފައި ބޮޑު ޓާމިނަލް ތަކާއި ޚިދުމަތްދޭ އެހެނިހެން ތަންތަން ހަދައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްލީމާ އިސާހިތަކު ދަރަނީގެ މަތިން ހަދާން ނެތިދާނެ ކަމަށް ރައީސް ޔާމިން ވިދާޅުވާ ފަލްސަފާއަކީ މާ ގޯސް ފަލްސަފާއެކޭ ދެންނެވޭކަށްނެތެވެ.
ޖީއެމްއާރު ކުންފުންޏާއި އެއަރޕޯޓް ހަވާލުކޮށްފައި އޮތްއިރު އެތަނަށް މާބޮޑު ސަމާލުކަމެއް ނުދިނަސް، ރައީސް ޔާމީންގެ ސަރުކާރުން އެއަރޕޯޓްގެ މަސައްކަތް ކުރިއަށްގެންދިޔައީ ވަރަށް ބޮޑަށް ޕްލޭންކޮށްގެނެވެ. އެގޮތުން ސޯޝަލް މީޑިއާއިން މިއަދު އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އަދި ގިނަ ބަޔަކު އެފޮޓޯއަކަށް ކޮމެންޓް ކުރި އެއް ފޮޓޯއަކީ ޖީއެމްއާރު ކުންފުނިން އޭރު ކުނި އަޅަން ބޭނުންކުރި ސަރަޙައްދު އޮތްގޮތުގެ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ ހުޅުލޭ އިރުމަތީ ފަރާތް ކުރިން އޮތް ގޮތާއި މިހާރު އޮތްގޮތެވެ. އެތަން ކުރިން އޮތީ ކުނިގޮނޑެއްހެނެވެ. ނަމަވެސް މިއަދު އެތަނަކީ އެންމެ މަތީފަންތީގެ މުއްސަނދިން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ޕާކްކުރާ ސަރަޙައްދެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އޭރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޕްރައިވެޓް ޖެޓް ޕާކުކުރުމަށް ތަރައްޤީކޮށްފައިވާ ސަރަޙައްދަކީ ޖީއެމްއާރު ކުންފުނިން އެއަރޕޯރޓް ހިންގި އިރު ކުނި އަޅަން ބޭނުންކުރި ސަރަޙައްދެއްކަމަށެވެ. ނަމަވެސް އެތަނުން ކުނިތައް ނެގުމަށްފަހު، ޖެޓް ޕާކްކުރާ ސަރަޙައްދެއް ތަރައްޤީކުރީ ރައީސް ޔާމީންކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއަދު އެތަނުގެ ފައިދާކުރަމުންދާކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ވަޢުދުފުޅެކެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުގެ ފަރާތުން ލުއިލޯނުގެ ގޮތުގައި ސަރުކާރަށް ވަނީ ދީފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއަކީ މިދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ވަރަށްވެސް ކާމިޔާބު ކުންފުންޏެކެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ވެލާނާ އެއަރޕޯރޓުގައި ކުރިން ކުނި އަޅާފައި އޮތްތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ؛ މިހާރު އެތަނަކީ އަގުބޮޑެތި ޖެޓް ޖައްސާ ތަން
މިއަދު އެއަރޕޯރޓްގެ ތަރައްގީ ގެ ވާހަކަ ނުދެއްކި ނަމަވެސް އެއީ ވަކި ސަރުކާރަކުން ވަކި މީހަކު އިސްނަގައިގެން ފެށި ކަމަކަށްވާތީ ނުދައްކާ ވަރުގެ ވާހަކައެއް ނޫނެވެ. އަދި އެއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި ރާއްޖޭގައި ކުރަން ޖެހޭ، އަދި ކުރުން މާ ލަސްވެސް ވެފައިވާ މަސައްކަތެކެވެ. މިސަރަހައްދުގެ ހުރިހާ ގައުމަކަށްވުރެ އަގުބޮޑު، ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުގެ އެއަރޕޯރޓް "ބާލިދީ އެއަރޕޯރޓެއް"ގެ ގޮތުގައި ސިފަ ކުރީމާ އޭގެ ހުތުރުނަން ހުރިހާ ދިވެހީންނަށް ލިބޭތީއެވެ.
މި އަގުބޮޑު މަޝްހޫރު މަންޒިލްގެ ވައިގެ ބަނދަރު "ބާލިދީ" އެއަރޕޯޓެއްގެ ގޮތުގައި އޮއްވާ އަވަށްޓެރި ހުރިހާ ގައުމުތަކެއްގެ އެއަރޕޯރޓް އެވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައެވެ. ބޮއްކުރާ ބައްތެލި ކައިރިއަށް ފަލި ޖަހާފައި ކައިރި ކުރާހެން ބިޔަ މަތިންދާބޯޓު ކައިރިއަށް ކަފުޖަހައިގެން ސިޑި ކައިރި ކުރުމަކީ މިއަދު ލަދުގަންނާން ޖެހޭނެ ކަމެކެވެ. މިއަދު ބޯޓު ޖައްސައިގެން ކައިރިކޮށްލަން ޖެހޭނީ ސީދާ ޓާމިނަލަށް ފޭބޭ ގޮތަށެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ އަގުބޮޑު މަންޒިލަށް އަންނަ ފަތުރުވެރިޔާ ބޯޓަށް އަރަން ޖެހެނީވެސް ފައިބާން ޖެހެނީވެސް އަވިދެންޏާ އަވީގައެވެ. ވާރޭ ވެހެންޏާ ތެމިގެންނެވެ. އެކަމަކު މިދައްކަނީ އެކާވީސް ގަރުނުގެ ތަރައްގީގެ ވާހަކައެކެވެ. މިއީ ސަރުކާރު ތަކުގެ އެންމެ މަތީ ވެރިމީހާއިން ފެށިގެން އެންމެ ދަށް މީހާވެސް އަދި ކޮންމެ ދިވެއްސަކުމެ ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ.

Miee Velana International Airport ga meege kureen GMR kiyaa kunfunnakun kuni valhulaafa vaathaneh. RY ge sarukaarun mithaange kuni negumaffahu hulhuley irumathee jet park kuraa sarahahdheh binaakuree. Mi photo in fenna gothugai 21 private jet ethanun eba feney. pic.twitter.com/aQSKeVY3a4
— Mohamed Saeed (@em_saeed) November 6, 2020
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ވަޢުދުފުޅެކެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުގެ ފަރާތުން ލުއިލޯނުގެ ގޮތުގައި ސަރުކާރަށް ވަނީ ދީފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއަކީ މިދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ވަރަށްވެސް ކާމިޔާބު ކުންފުންޏެކެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ވެލާނާ އެއަރޕޯރޓުގައި ކުރިން ކުނި އަޅާފައި އޮތްތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ؛ މިހާރު އެތަނަކީ އަގުބޮޑެތި ޖެޓް ޖައްސާ ތަން
މިއަދު އެއަރޕޯރޓްގެ ތަރައްގީ ގެ ވާހަކަ ނުދެއްކި ނަމަވެސް އެއީ ވަކި ސަރުކާރަކުން ވަކި މީހަކު އިސްނަގައިގެން ފެށި ކަމަކަށްވާތީ ނުދައްކާ ވަރުގެ ވާހަކައެއް ނޫނެވެ. އަދި އެއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި ރާއްޖޭގައި ކުރަން ޖެހޭ، އަދި ކުރުން މާ ލަސްވެސް ވެފައިވާ މަސައްކަތެކެވެ. މިސަރަހައްދުގެ ހުރިހާ ގައުމަކަށްވުރެ އަގުބޮޑު، ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުގެ އެއަރޕޯރޓް "ބާލިދީ އެއަރޕޯރޓެއް"ގެ ގޮތުގައި ސިފަ ކުރީމާ އޭގެ ހުތުރުނަން ހުރިހާ ދިވެހީންނަށް ލިބޭތީއެވެ.
މި އަގުބޮޑު މަޝްހޫރު މަންޒިލްގެ ވައިގެ ބަނދަރު "ބާލިދީ" އެއަރޕޯޓެއްގެ ގޮތުގައި އޮއްވާ އަވަށްޓެރި ހުރިހާ ގައުމުތަކެއްގެ އެއަރޕޯރޓް އެވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައެވެ. ބޮއްކުރާ ބައްތެލި ކައިރިއަށް ފަލި ޖަހާފައި ކައިރި ކުރާހެން ބިޔަ މަތިންދާބޯޓު ކައިރިއަށް ކަފުޖަހައިގެން ސިޑި ކައިރި ކުރުމަކީ މިއަދު ލަދުގަންނާން ޖެހޭނެ ކަމެކެވެ. މިއަދު ބޯޓު ޖައްސައިގެން ކައިރިކޮށްލަން ޖެހޭނީ ސީދާ ޓާމިނަލަށް ފޭބޭ ގޮތަށެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ އަގުބޮޑު މަންޒިލަށް އަންނަ ފަތުރުވެރިޔާ ބޯޓަށް އަރަން ޖެހެނީވެސް ފައިބާން ޖެހެނީވެސް އަވިދެންޏާ އަވީގައެވެ. ވާރޭ ވެހެންޏާ ތެމިގެންނެވެ. އެކަމަކު މިދައްކަނީ އެކާވީސް ގަރުނުގެ ތަރައްގީގެ ވާހަކައެކެވެ. މިއީ ސަރުކާރު ތަކުގެ އެންމެ މަތީ ވެރިމީހާއިން ފެށިގެން އެންމެ ދަށް މީހާވެސް އަދި ކޮންމެ ދިވެއްސަކުމެ ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު