އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ގާތްގަނޑަކަށް ނިމުމަކަށް އަންނަނީއެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާރު ވެރިކަމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕްގެ ވެރިކަން ގާތްގަނޑަކަށް ނިމުމަކަށް އައިސް ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންއަށް އެމެރިކާގެ ވެރިކަން ލިބެން މާ ގިނަ ދުވަހެއް ދެން ނެތެވެ. ކޯވިޑްގެ ސަބަބުން ކެމްޕެއިން ހަރަކާތްތަކަށް ހިޔަނި އެޅުނަސް، ދެ ބޭފުޅުންވެސް ވަރުގަދައަށް ކެމްޕެއިން ކުރެއްވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުން ފެށިގެން ވޯޓުލުމާއި ވޯޓު ގުނުމާއި ނަތީޖާތައް އިއުލާންކުރުމާ ހަމައަށްދިޔައިރު، ވާދަކުރެއްވި ކެނޑިޑޭޓުންނާއި މީޑިއާއާއި އާއްމު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ރާއްޖޭގައިވެސް ކުރިއަށްދާ އިންތިޚާބުތަކުގައި ފެންނަ ފަދަ މަންޒަރުތަކެކެވެ. ރިޔާސީ އިންތިޚާބާއި ރާއްޖޭގައި އޮންނަ އެހެން ބައެއް އިންތިޚާބުތަކަށް ޕާޓީތަކުން ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީތައް ވަރަށް ފޯރިގަދައެވެ. އެމެރިކާގައިވެސް އިންތިޚާބާ ހަމައަށްދިޔައީ މިފަދަ ޕްރައިމަރީއަކުންނެވެ.
ޕްރައިމަރީއަށްފަހު ދެ ކެނޑިޑޭޓުންވެސް ކެމްޕެއިން ކުރެއްވުމުގައި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް ބޭނުންކުރައްވަމުންދިޔައިރު، މިއީ ރާއްޖޭގައިވެސް މިކަން އޮންނަގޮތެވެ. ދެ ޕާޓީގެ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ސަޕޯޓަރުން ދިޔައީ ހޫނު ޒުވާބުތައް ޓްވިޓަރއާއި ފޭސްބުކްގައި ކުރަމުންނެވެ. އެމެރިކާގެ ގިނަ މީޑިއާތައްވެސް އޮތީ ރާއްޖޭގެ ގިނަ މީޑިއާތައް ފަދައިން ވަކި ކެނޑިޑޭޓެއްގެ ފަހަތުގައެވެ. ސަޕޯޓްކުރާ ކެނޑިޑޭޓަށް ސަނާކިޔުމާއި، އިދިކޮޅު ކެނޑިޑޭޓަށް ހަޖޫ ކިޔުމާއި ފާޑުކިޔުމާއި އުނިސިފަތައް ފާހަގަކޮށް ބެވުމެވެ.
ޓްރަމްޕާއި ބައިޑަން ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނެވި ގޮތަށް ބަލާއިރު، ދެ ބޭފުޅުންގެ ފަރާތުންވެސް ފެނުނީ ރާއްޖޭގައި މި އުޅޭ ކެނޑިޑޭޓުންގެ ފަރާތުންވެސް ފެންނަ ފަދަ މަންޒަރުތަކެވެ. ކުޑަކުދިން އުރައިގެން ފޮޓޯ ނެގުމާއި، އުމުރުން ދުވަސްވީ މީހުންނާ ސަކަރާތްޖެހުމާއި ޒުވާން ފުރައިގެ ކުދިންނާއެކު ސެލްފީ ނެގުމެވެ. މިއީ ޓްރަމްޕާއި ބައިޑަންގެ ފަރާތުންވެސް ފެނުނު މަންޒަރުތަކެވެ.
ކެމްޕެއިންގެ އިތުރުން ވޯޓުލާ ދުވަހުގެ ހަރަކާތްތައްވެސް އެމެރިކާގައި ކުރިއަށްދިޔައީވެސް ހަމަ ރާއްޖެއާ ދާދި އެއްގޮތަަކަށެވެ. ދެ ކެނޑިޑޭޓުންވެސް ވޯޓުލާ މަންޒަރު މީޑިއާތަކުން ދެއްކުމަށް ފޮޓޯއާއި ވީޑޯއާތައް ނެގުމަށް ދުރާލާ މީޑިއާތަކަށް ދައުވަތު ދެއްވިއެވެ. ބައެއް ފަހަރު ކެނޑިޑޭޓުން ގޮސް ކިޔުގައިވެސް މަޑުކުރެއެވެ. ތިމާގެ ހިތްތިރިކަން ދެއްކެން އޮތް ހުރިހާ ގޮތަކުން ދައްކާ އުސޫލުންނެވެ. އެ ހުރިހާ މަންޒަރުތަކެއް ވަގުތުން ސޯޝަލް މީޑިއާގައި ފަތުރާލަން ރާއްޖޭގައި ތިބޭފަދަ ޕާޓީތަކުގެ އެކްޓިވިސްޓުން ދެބޭފުޅުންގެ ފަހަތުގައި ވެސް ތިބެއެވެ.
ވޯޓުލުމަށްފަހު، ނަތީޖާތައް އިޢުލާންކުރަން އެމެރިކާގައި ފަށާފައިވާއިރު އަނެއްކާވެސް ފެންނަނީ ރާއްޖެއިން ފެންނަމުންދާ ފަދަ މަންޒަރުތަކެކެވެ. ބަލިވާހެން ހީވާ ކެނޑިޑޭޓް ވިދާޅުވަމުން ގެންދަވަނީ އިންތިހާބުގައި މަކަރު ހަދާފައިވާކަމަށެވެ. އަދި ވޯޓު ގުނުމުގައިވެސް އޮޅުވާލުންތަކެއް އެބަހުރިކަމަށް ބަލިވަމުންދާ ކެނޑިޑޭޓްގެ ކެމްޕެއިން ޓީމުން ދަނީ ބުނަމުންނެވެ.
މީގެއިތުރުން އިދިކޮޅު ކެންޑިޑޭޓް އިންތިޚާބުވިޔަސް ވެރިކަން ހަވާލުނުކުރާނޭކަމަށްވެސް މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާ ވިދާޅުވިކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އެހެން ކިޔާފައި އެމީހުން ގޮސް މިހާރު ތިބީ ކޯޓަށް މައްސަލަ ވައްދައިގެނެވެ. އަދި ކޯޓުން ވަނީ ބައެއް ވޯޓުތައް އަލުން ގުނަން އަންގާފައެވެ. އަނެެއްކޮޅުން ދެ ކެނޑިޑޭޓުންގެ ސަޕޯޓަތުން މަގުތަކަށް ނިކުމެ މުޅި ހަލަބޮލިކުރަނީއެވެ.
އިންތިޚާބުގެ ތެރޭގައި ރާއްޖޭގައި ކަންކަން ހިނގާ ގޮތާއި އެއްވެސް ތަފާތެއް އެބަހުރިހެއްޔެވެ؟ މިިކަންކަމުން އެނގިގެންދަނީ ސިޔާސީ ކަންކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި ނޫނީ އެންމެ ތަރައްގީ އަދި އެންމެ ބޮޑު ގައުމާއި އެންމެ ކުޑަކުޑަ އެންމެ ބާރެއް ނެތް ގައުމުގައިވެސް އެއްވެސް ތަފާތެއް ނެތްކަމެވެ. ނޫނީ މިއީ އެބުނާ ޒާމާނީ ޑިމޮކްރަސީގެ ސަބަބުން ހުންނަ އެއްގޮތްކަމަކަށްވެސް ވެދާނެއެވެ.
އެެރިކާގެ މިފަހަރުގެ އިންތިޚާބުގައި ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި އެންމެ އެއްގޮތަށް ފެނިގެން ދިޔަ މަންޒަރު އަދި އޮތީއެވެ. މިއީ ގިނަ ބަޔަކަށް ފާހަގަ ނުވެ އޮތް ކަމެކެވެ.
2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް އިދިކޮޅު ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވުމުގައި އެންމެ ފަހު ވަގުތު އެންމެ ހަރަކާތްތެރިކޮށް ފެނިގެން ދިޔަ އެއް ބޭފުޅަކީ ކުރީގެ ރައީސެކެވެ. އެމެރިކާގައިވެސް ހަމަ އެމަންޒަރު ދާދި އެއްގޮތަކަށް ފެނިގެން ދިޔައެވެ. ހަމައެކަނި ތަފާތަކީ ރާއްޖޭގައި އެކަން ކުރެއްވި ރައީސް ނަޝީދު ދިވެހިރާއްޖޭގެ ފަސްގަނޑުގައި ނެތް ކަމެވެ. އެމަނިކުފާނު އޭރު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުގައެވެ. ރާއްޖެއާއި އެންމެ ކައިރިއަށްވެސް ވަޑައިގެންނެވުނީ އަވަށްޓެރި ސްރީ ލަންކާއަށާއި އިންޑިއާއަށެވެ. އެމެރިކާގައި ބައިޑަންގެ ކެންޕޭންގައި އެންމެ ފަހު ވަގުތާ ޖެހެންދެން އެންމެ ފޯރީގައި އުޅުއްވި ބޭފުޅަކީ ކުރީގެ ރައީސް ބަރަކް އޮބާމާއެވެ. އެމެރިކާގެ އިތުރުން ދުނިޔޭގެ ވެސް ގިނަބައެއްގެ އިތުބާރާއި ލޯބި ލިބިވަޑައިގެންފައިވާ އޮބާމާ ބައިޑަންގެ ކެމްޕޭންގައި ނުކުމެ ވަޑައިގެން ކެމްޕޭންގެ ހުރިހާ އުކުޅެއް ބޭނުން ކުރެއްވިއެވެ. ރައީސް ނަޝީދަކީވެސް ދުނިޔެއާއި ރާއްޖޭގައިވެސް ގިނަ ބައެއްގެ ލޯތްބާއި ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންވީ އެކަމުގެ ފައިދާ ކިތަންމެހާ ވެސް ރަނގަޅަކަށް ރައީސް ނަޝީދުވެސް ބޭނުން ކުރެއްވިއެވެ.
ރައީސް ނަޝީދުވެސް ރައީސް އިބްރާހީމް ޞާލިޙް ނުވަތަ އެކުވެރި އިބޫ ސޯލިހަށް ފާޅުގައި ކެމްޕޭން ކުރަށްވަން ފެއްޓެވީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބެން ނެތްކަން ޔަގީންވި ހިސާބުންނެވެ. އެހާހިސާބުން ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވިޑިއޯ މެދުވެރިކޮށް ތަފާތު މެސެޖުތައް ދެއްވިއެވެ. ސިޔާސަތުތައް ހާމަކުރެއްވިއެވެ. ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވިއެވެ. ވަކިވަކި ރައްޔިތުންނަށް ފޯނުން ނުވަތަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރަށްވައި އޯޑިއޯއާއި ވިޑިއޯ ކޯލް ކުރަށްވައިގެން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ރޫހާނީ ގޮތުން ކުރެއްވޭނެ ހުރިހާ ކަމެއް ކުރެއްވިއެވެ.
ރައީސް އޮބާމާގެ މިދެންނެވި ސިފަތަކުގައި ވެސް ހަމަ ތަފާތެއް ނެތެވެ. ޕޯޑިއަމްތަކަށް އަރާވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރަށްވައި ސަރުކާރަށާއި ރައީސް ޓްރަންޕަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވިއެވެ. މީގެ އިތުރުން ތަފާތު ވިޑިއޯ މެސެކްތައް ހައްދަވައިގެން މީޑިއާ ތަކާއި ސޯޝަލް މީޑިއާ ބޭނުން ކުރަށްވައިގެން ބައިޑަންއަށް ކެންޕޭން ކޮށްދެއްވިއެވެ. މީހުންގެ ތެރެއަށް ނުކުމެ ވަޑައިގެން އާންމުންނާ ބައްދަލު ކުރަށްވައި ސެލްފީ ނެންގެވިއެވެ. ޚާއްޞަކޮށް ކަޅުނަސްލުގެ މީހުންނާ ބައްދަލު ކުރަށްވައި ކުޑަކުދިން އުރުއްވައި ޒުވާނުންނާއެކު ކުޅުއްވައި މަޖާ ކުރަށްވައި ހެއްދެވިއެވެ. އެހެން އުޅުއްވާއިރު ޒުވާނުން ބާސްކެޓް ކުޅޭ ތަނަކަށް ވެދެވަޑައިގެންނެވިއްޖެއްޔާ ޕޮޓަށް ބޯޅަ އަމާޒުކުރަށްވައި އެމަނިކުފާނުގެ ކުޅަދާނަކަން ވެސް ދައްކަވާ ހެއްދެވިއެވެ.
އަދި އެންމެ ފަހުން ފޯނުން އާންމު ރައްޔިތުންނަށް ގުޅުއްވައިވެސް ހެއްދެވިއެވެ. ވީހާވެސް އަވަހަކަށް ވޯޓުލާން ނުކުތުމަށާއި ކޮންމެ ވޯޓަކީވެސް ގުނޭނެ ވޯޓެއްކަމާއި ކޮންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ކުރެވޭނެކަން ރައްޔިތުންނަށް ވިސްނައި ދެއްވިއެވެ. ހަމަ އެގޮތަށް ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިތިޚާބުގެ ކެމްޕޭން ގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ހަމަ މި ނަސޭހަތްތަކާއި މިބަސްތައް އިވިގެން ވަނީ ގޮސްފައެވެ. ދެގައުމުންވެސް އޭގެ ނަތީޖާ ވަރަށް ރީތިކޮށް މިވަނީ ފެނިގެން ގޮސްފައެވެ. އިދިކޮޅު ކެންޑިޑޭޓަށް ވޯޓުލާން ނުކުތް މީހުން އަވަހަށް ނުކުމެ ވޯޓު ލިޔެއެވެ. އަދި މިފަހުގެ ތާރީޚެއްގައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓަކަށް ލިބިފައި ނުވާވަރަށް އިދިކޮޅު ކެންޑިޑޭޓަށް ވޯޓު ލިބުނެވެ. ރާއްޖޭގައިވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުތީ ދާދި އެއްގޮތަކަށެވެ. ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުން މިނިވަން އިންތިޚާބެއް ބާއްވަން ފެށިފަހުން މިހާތަނަށް އެންމެ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކީ އިދިކޮޅު ކެންޑިޑޭޓް ރައީސް އިބްރާހީމެވެ.
އެހެންވީމާ ރާއްޖޭގައި މިއޮތް ޑިމޮކްރެސީއާއި ދިވެހި ލީޑަރުން ރިޔާސީ އިންތިޚާބުގައި ގެންގުޅުއްވާ ސިޔާސީ ވިސްނުންފުޅާއި އެމެރިކާގެ ލީޑަރުންގެ ސިޔާސީ ވިސްނުންފުޅާ މިއޮތީ ވަރަށް އެއްގޮތް ވެފައެވެ. ރާއްޖޭގައި އެންމެ ފަހުން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ނިމުމާއެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނަތީޖާ ގަބޫލު ނުކުރަށްވައި ވަޑައިގެންނެވީ ސްޕްރީމް ކޯޓަށެވެ. އެމެރިކާގެ މިހާރުގެ ރައީސް ވެސް ވަނީ ހަމަ އެގޮތަށް ކަން ކުރަށްވާފައެވެ. އެހެންވީމާ ރިޔާސީ އިންތިޚާބުގައި ދެގައުމުގެ ކެނޑިޑޭޓުންގެ އެއްގޮތީ ހަމައެކަނި ކެމްޕޭނެއް ނޫނެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރެއްވުމާއި ކޯޓަށް ވަޑައިގެންނެވުމުގައި ވެސް ހަމަ ދާދި އެއްގޮތެކެވެ. އެއްވިސްނުން ފުޅެކެވެ.

An old black woman saying “@JoeBiden I love you” can you expect these words from any black woman to @realDonaldTrump ? Trump don’t believe in #BlackLivesMatter #HumanRights #EqualityForAll pic.twitter.com/0jaGt7YNIZ
— Hamid Mir (@HamidMirPAK) November 6, 2020

ކިޔުންތެރިންގެ ހިޔާލު