ރައީސް މައުމޫން (ވ). ޑރ. ޝަހީމް (ކ)
ރައީސް މައުމޫން (ވ). ޑރ. ޝަހީމް (ކ)
ރައީސް މައުމޫނަކީ ރާއްޖެދުށް ވަރަށް ބޮޑު މުފައްކިރެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، މިރާއްޖެއަށް ލިބުނު އެންމެ ބޮޑު އަނިޔާއަކީ އަޒުހަރުން އައި މުދިމަކަށް ރާއްޖޭގެ ވެރިކަން 30 އަހަރު ކުރުމަށް ފުރުސަތުލިބުން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ ބިލެއްދޫ ދާއިރާ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެތް)، ދައްކަވާފައިވާ ވާހަކަ ތަކަށް އިޝާރާތް ކުރަށްވައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ރައީސް މަޢުމޫނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް އަޒްހަރު ޔުނިވާސިޓީއާއި ރައީސް މަޢުމޫންގެ ޢިލްމީ ފެންވަރަށް ޖޯކްޖެހިގެން ނުވާނެކަމަށެވެ.

"އިސްލާމީ ޤައުމެއްގެ ވެރިއެއް އިމާމްވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަޚްޞިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އަލް އަޒުހަރު ޔުނިވަރސިޓީ އަކީ އިސްލާމީ އުންމަތުގެ އެންމެ ފަޚުރުވެރި އެއްހާސް އަހަރުވީ ޢިލްމީ ކިއްލާ ކަމަށެވެ. އަދި އެތަނުން ތަޢުލީމް ޙާސިލްކުރެއްވި ބޭފުޅުން ދުނިޔޭގެ އެތަން މިތަނުގައި ޤައުމުތަކުގެ ވެރިންގެ ގޮތުގައްޔާއި އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި ހަރަކާތްތެރިވަމުން ގެންދަވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދޮންބިލެތް ޙަލީމް ވިދާޅުވެފައިވަނީ، ރައީސް މައުމޫނުގެ ވެރިކަމުގައި ފަތުރުވެރިކަމަށް ދޫކުރާ ރިސޯޓުތަކުގެ ބެޑް ކުލީގެ ގޮތުގައި ނަގަމުންދިޔައީ ވަރަށް ކުޑަ ކުއްޔެއް ކަމަށެވެ. އަދި ކުލި ކަނޑައެޅުމުގައި ރައީސް މައުމޫން އަޑުއެއްސެވީ ރިސޯޓު އޯނަރުންގެ ބަސް ކަމަށާއި، ދިވެހިންނަށް ތަރައްޤީގެ މަގުގައި ކުރިއަށް ނުދެވުނީ އެހެންވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙަސީނާ

26-Nov-2020

ދޮންބިލެއް ހަލީމަކީ އިސްލާމް ދީނަކީ ކޮންއެއްޗެއްކަން ނޭންގޭހާވެސް ޖާހިލު މީހެއް ދެން ކިހިނެއް އެނގޭނީ އަޒްހަރު ޔުނިސިޓީ އަކީ ކިހާފެންވަރެއްގެ ކިހާވަރެއްގެ ތަނެއްކަމާ އެތަނުން ކިޔަވަނީ ކޮން އެއްޗެއްކަން


-7

ހަސަނު

27-Nov-2020

ބިލަތް ދޮންވެ ވެޔޮބުޑަށް ފޭބުމުން ދެން ފެންނާނީ ހިޔަނި ބޮޑުވެފަހުރިތަން.



ޓްރެންޑިން