އައްޑޫގެ މިހާރުގެ މޭޔަރ ޢަބްދުﷲ ޞާދިޤް، ސޯބެ (ކ) އާއި، މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނިޒާރު (ވ)
އައްޑޫގެ މިހާރުގެ މޭޔަރ ޢަބްދުﷲ ޞާދިޤް، ސޯބެ (ކ) އާއި، މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނިޒާރު (ވ)
އިންޑިޔާގެ ސޫތުކުޅިން އައްޑުއަށް ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު އައްޑޫގައި މުދަލުގެ އަގު ހެޔޮވެފައިވާ ކަމަށް އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަ ކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސޫތުކުޅިއާއި ރާއްޖެ އާއި ދެމެދު ކާގޯ ދަތުރުތަށް ފަށާފައި ވަނީ ސަރުކާރުގެ ޝިޕިންގ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ ފަރާތުންނެވެ. މިގޮތުން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ އައްޑޫގެ ސައުތު އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކޮށްފައިވަނީ މި ޑިސެމްބަރ 10 ވަނަ ދުވަހު ހަވީރު 4:15 ގައެވެ. މިކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާއިރު، އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

ކާގޯ ދަތުރުތަކާ އެކު އައްޑޫގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރަށްވައި ހިތަދޫ ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރަށްވާ ޢަލީ ނިޒާރު ވިދާޅުވީ، ކާގޯ ދަތުރުތަކުގެ ފުރަތަމަ ބޯޓާއި އެކުވެސް އައްޑޫގައި ބައެއް މުދަލުގެ އަގު ހެޔޮވެގެން ގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ވިޔަފާރިވެރިންގެ ޝައުޤުވެރިކަން ކާގޯ ފެރީއަށް ލިބި އިތުރު އޯޑަރު ވެސް ލިބެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އޮންނަ ދަތުރަށް އިތުރު ވިޔަފާރިވެރިންގެ ބުކިންގސްތައް ލިބެން ފަށާފައި ވާކަމަށް މަޢުލޫމާތު ލިބޭ." ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ގިނަ ފިހާރަތަކުގައި މިހާރު އަލުވި ބަސްތާ އެއްގެ އަގު ހުރީ މާލެއާއި އެއް ރޭޓެއްގައި 350 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް 350 ރުފިޔާއަށް، ފިޔާ ބަސްތާއެއް 450 ރުފިޔާ އަށް، ޓޮމާޓޯ ފޮށިގަނޑެއް 220 ރުފިޔާ އަށް ވިއްކަމުންދާ އިރު މި އަގުތަކަކީ މިހާރު ބާޒާރުގައި ހުރި އަގުތަކަށް ބަލާއިރުވެސް ހެޔޮ އަގުތަކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިން ނިޒާރު ވިދާޅުވެފައިވަނީ، އިންޑިޔާގެ ސޫތުކުޅިއާއި އައްޑޫ ސިޓީއާއި ދެމެދު ފެށިގެން މިދިޔަ ޝެޑިއުލް ކާރގޯ ދަތުރުތަކުގެ ސަބަބުން އައްޑޫ ހިމެނޭހެން ދެކުނުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއީ އުއްމީދީ ރަނގަޅު ފެށުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ދެކުނަށް އެމްއެސްއެސްގެ ފަރާތުން ކުރާ ކާގޯ ދަތުރުތަކުގައި ބޭނުން ކުރަނީ ރާއްޖެ އަށް ނިސްބަތްވާ އެމްވީ ބޮންތި 2 އެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ.

ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް މިއަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަހު މިހާރު ފަށާފައިވާއިރު މިބޯޓުގެ މަންޒިލްތަކަކީ އައްޑޫ ސިޓީއާއި، ގދ. ގައްދޫ އެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ގޯނި

18-Dec-2020

ހަމައެއާއެކު މިނިވަންކަން ވިއްކާލައިފި


6

އައްޑޫ ބެއްޔާ

18-Dec-2020

ދޮގު ހަބަރެއް. އަގު ތިރިވީ އެހެން ރާއްޖެއަކުން



ޓްރެންޑިން