އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ މިބަޔާނުގައި ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އަދި ގައުމުގެ އިޤްދިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުންގެ އާއިލާ ތަކާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުންވެސް އެހާމެ ބޮޑު ކަމަށް ޓީމުން ބުނެފައި ވެއެވެ.

ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުމުގެ ފުރުސަތު ލިބޭއިރު، މިފަދަ ހައްޤުތަކުން ރިސޯޓް މުވައްޒަފުން މަހްރޫމްކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ޓީމުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކޮށް ނުވަތަ ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެ ކަމަށާއި ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރުމަށް އުސޫލެއް ކަނޑައެޅިދާނެ ކަމަށްވެސް ޓީމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން